ބ. އަތޮޅު ތައުލީމީ މަރުކަޒު މުބާރާތުން ކަޓައިފި

ބ. އަޓޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް
ބ. އަޓޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް

 

މާލޭގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލު ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ގްރޫޕް ސްޓޭޖުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ކަޓައިފި އެވެ.

ގްރޫޕް ސްޓޭޖުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ކުޅުނު ދެވަނަ މެޗުގައި ރޭ ބަލިވީ ނ އަތޮޅު މޭނާ ސްކޫލު އަތުން ހަތަރު މެޗު އެއް މެޗުންނެވެ.

ބ. ތައުލީމީ މަރުކަޒު ކުޅުނު ދެވަނަ މެޗުން މ. އަތޮޅު ތައުލީމީ މަރުކަޒު އަތުން ހޯމަ ދުވަހު ބަލިވީ 3-2 އިންނެވެ. މުބާރާތުގައި ތައުލީމީ މަރުކަޒުގެ ޓީމަށް ކާމިޔާބުކުރެވުނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު އެކަންޏެވެ. އެއީ އަހުމަދިއްޔާ އާ ބައްދަލުކޮށް ސީދާ ފަސް މެޗުން ކާމިޔާބުކޮށްގެންނެވެ.

ތައުލީމީ މަރުކަޒުން ބުނީ މުބާރާތުން ކެޓި ނަމަވެސް، މުބާރާތުގައި ދަރިވަރުން ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި 14 ސްކޫލުން 437 ކުޅުންތެރިން ވާދަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. im

    ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުން ވަނީ މިމުބާރާތުގައި ކުޅުނު ކުޅުންތެރިންގެ ހުނަރު އެބަހުއްޓޭ ނަމަވެސ އޭދަފުށީގައި ދުނިޔޭގެ ފެންވަރުގެ ފެސިލިޓީ ހުރެ މުބާރާތަށް ތައްޔާރު ނުވާކަން ފާހަނގަކުރެވޭ، އަދި މިމުބާރާތުގައި ކުދިން ކުރި ހިއްވަރަށާ ކުޅުނު ކުޅުމަށް ތައުރީފް ހައްޤު،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.