ކަރުންމަތީގެ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި މި ހަފްތާ ބަންދާ ދިމާކޮށް އޭދަފުށީ މެޑިކަލް ސެންޓަރުގައި ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
މާޗު 22 އިން 25 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި، އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި ފަރުވާ ދެއްވާނީ ކަރުން މަތީގޭ ޚާއްސަ ޑޮކްޓަރ މައުރޫފް ހުސައިން އެވެ.
ކަރުންމަތީގެ ހުރިހާ ބަލިތަކަށް ފަރުދޭގޮތަށް ހަމަޖެހިފައިވާ މި ކޭމްޕްގައި އިތުރު ފަރުވާއަށް މާލެ ދާން ޖެހޭ ފަރާތްތަކަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.
އިތުރު މައުލާމާތައި އެ ޕޮއިންޓްމެންޓު ހެދުމަށް ގުޅާނީ 9631111 ނުވަތަ 7523242 އަށެވެ.