ދިރާގުން 21 ރަށަކަށް ބްރޯޑްބޭންޑުގެ ހިދުމަތް ދޭން ފަށައިފި

ދިރާގުން 21 ރަށަކަށް ތްރީޖީ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދޭން މިއަދު ފަށައިފި -- ފޮޓޯ: ދިރާގު
ދިރާގުން 21 ރަށަކަށް ތްރީޖީ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދޭން މިއަދު ފަށައިފި — ފޮޓޯ: ދިރާގު

 

މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ދިރާގު ތްރީޖީ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން 21 ރަށަކަށް މިއަދު މި ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

ދިރާގު ބްރޯޑްބޭންޑުގެ ހިދުމަތް މިއަދު ފޯރުކޮށްދޭން ފަށާފައިވާ ރަށްތަކުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ހަނިމާދޫ، އދ. ދިގުރަށް، ބ. ގޮއިދޫ، ބ. ހިތާދޫ، ދ. މާއެނބޫދޫ، ދ. ހުޅުދެލި، ފ. ބިލަތްދޫ، ހއ. ވަށަފަރާއި ކ. ދިއްފުށި ހިމެނެ އެވެ. އަދި ހދ. ފިނޭ، ހދ. ނޭކުރެދޫ، މ. ރަތްމަންދޫ، މ. ދިއްގަރު، ރ. މާކުރަތު، ށ. ބިލެއްފަހި، ށ. ނަރުދޫ، ތ. ކަނޑޫދޫ، ތ. ބުރުނި، ވ. ރަކީދޫ އަދި ވ.ފުލިދޫ ވެސް ހިމެނެ އެވެ.

މި މަޝްރޫއަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމަށް ދިރާގުން ފެށި މަޝަރޫއެކެވެ. އަދި މި މަޝްރޫއު މިހާ ފުރިހަމަ އަށް ހަލިވުކަމާއެކު ކުރިއަށް ދަނީ ރަށު ކައުންސިލްތަކުންނާއި ރަށްރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ ޑިރެކްޓަރު މުހައްމަދު މުއްސަދު ވިދާޅުވި ގޮތުގައި މި އަހަރު ދިރާގުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ މި މަޝްރޫއުގެ މަސައްކަތެވެ. އަދި މިހާރު މި މަޝްރޫއުގެ 20 ޕަސެންޓު ނިމިފައިވާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 21 ރަށެއްގައި މި ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގު ބްރޯޑްބޭންޑްގެ ހިދުމަތް ފޯރިކޮށްދިނުމަށް އަމާޒު ކަނޑައަޅާފައިވާ އިރު މިހާރު ވެސް ރާއްޖޭގެ 97 ޕަސެންޓުގެ އާބާދީ އަށް ދިރާގު ތްރީޖީ އަދި ފޯޖީގެ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.