އުރީދޫން “ރިޗާޖް އެންޑް ވިން”ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

އުރީދޫން ކުރިއަށްގެންދާ ޕްރޮމޯޝަންގެ އިސްތިހާރު.
އުރީދޫން ކުރިއަށްގެންދާ ޕްރޮމޯޝަންގެ އިސްތިހާރު.

އުރީދޫ އިން ޕްރީޕެއިޑް ބްރޯންބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށް، ‘ރީޗާޖް އެންޑް ވިން’ ޕްރޮމޯޝަނެއް ފަށައިފި އެވެ.

‘ރީޗާޖް އެންޑް ވިން’ ޕްރޮމޯޝަނަކީ އުރީދޫގެ ޕްރީޕެއިޑް ބްރޯޑްބޭންޑް ރީޗާޖުކޮށް، ޑޭޓާ ޕްކޭޖް އެކްޓިވޭޓް ކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަން އަށް ހުށައެޅިފައިވާ އިނާމުތަކުގެ ތެރޭގައި ނަސީބުވެރި ތިން ފަރާތަކަށް ގުރުއަތުން ސެމްސަންގް ގެލެކްސީ ނޯޓް 4، އުރީދޫ 4ޖީ ވައިފައި ޑިވައިސް އަދި އުރީދޫ 4ޖީ މައިފައި ޑިވައިސްއެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

މާޗް 19 އިން ފެށިގެން އޭޕްރިލް 17 ގެ ނިޔަލަށް ކުރިއަށް ދާ ޕްރޮމޯޝަންގައި އުރީދޫ ޑޭޓާ ޕެކޭޖުތަކުގެ ތެރެއިން 199، 299، 599، 899 ،999، 1999، 3199 އަދި 5699 މެދުވެރިކޮށް 200 ޖީބީ އާއި ހަމައަށް އެކްޓިވޭޓް ކުރުމުން ޕްރިޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ އެވެ.

“މިއަދު އަނެއްކާވެސް ކަސްޓަމަރުންނަށް ގިނަގުނަ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު މިހުޅުވާލަނީ ކަސްޓަމަރުން އެންމެ ލޯބިކުރާ ޑޭޓާ އެންމެ ފުރިހަމަ ނެޓްވޯކުގައި ބޭނުންކޮށްގެން. އަޅުގަނޑުމެންގެ އެންމެ ފަހުގެ ޑޭޓާ ޕެކޭޖުތައް މެދުވެރިކޮށް މިހާރު 200ޖީބީއާއި ހަމައަށް އެލަވަންސް ލިބިލައްވާއިރު މިހާރު ކަސްޓަމަރުންނަށް އޮންލައިން ކޮމިއުނިޓީއާއި ކަނެޓްކޮށްގެން އޭގެ އިތުރުންވެސް އޮންލައިންކޮށް ގިނަގުނަ ބޭނުންތައް ކުރެވޭނެ” އުރީދޫގެ ކޮމާޝަލް ޑިރެކްޓަރ، އެސްޕީ ސަރަތީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.