ރާއްޖޭގެ ގެސްޓްހައުސްތަކާ ބެހޭ މަޢުލޫމާތު ހިމެނޭ މަޖައްލާއެއް ނެރެން ފަށައިފި

ަށެއްގެ ގެސްޓް ހައުސްއެއް - ފޮޓޯ: ގެސްޓހައުސް އޮފް މޯލްޑިވްސް
ަށެއްގެ ގެސްޓް ހައުސްއެއް – ފޮޓޯ: ގެސްޓހައުސް އޮފް މޯލްޑިވްސް

ރާއްޖޭގެ ގެސްޓްހައުސްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން “ގެސްޓްހައުސަސް އޮފް މޯލްޑިވްސް”ގެ ނަމުގައި މަޖައްލާއެއް ނެރެން ފަށައިފިއެވެ.

މި މަޖައްލާ ނެރެނީ، މޯލްޑިވްސް ގެޓްއަވޭޒް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ނެރޭ މަޖައްލާއެއްގެ ގޮތުގަ އެވެ.

ގެސްޓްހައުސް ވިޔަފާރީގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށް، ބައިނަލްއަަޤްވާމީ ޓެރެވަލް އޭޖެންޓުންނަށާއި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ނެރެން ފެށި މި މަޖައްލާއަކީ، ބައިނަލްއަޤްވާމީ ޓެރެވަލް ފެއާރތަކުގައި ހިލޭ ބަހާނެ މަޖައްލާއެކެވެ.

އަދި މި މަޖައްލާގެ ސަބަބުން ގެސްޓްހައުސްގެ މާކެޓު ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާނެ ކަމަށް މޯލްޑިވްސް ގެޓްއަވޭޒްއިން ބުނެއެވެ.

މި މަޖައްލާ ނެރުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރުއެވެ. އަދި ޕްރިންޓް ކުރެވޭނީ މަޖައްލާގެ 5000 ކޮޕީއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 60 އަށް ވުރެ ގިނަ ރަށުގައި 240 އަށް ވުރެ ގިނަ ގެސްޓްހައުސް އެބަހުރި ކަމުން، ކުރިއަށް އަހަރަތަކުގެ ތެރޭގައި މިއަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށާއި، ވިޔަފާރި އަކީ ރާއްޖޭގެ ގިނަބަޔަކަށް ނުހަނުގިނަގުނަ މާލީ ފައިދާ ލިބެގެންދާނެ ވިޔަފާރިއަކަށް ވަމުންދާ ކަމަށް މޯލްޑިވްސް ގެޓްއަވޭޒް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، އޭދަފުށްޓަށް އުފަން އަޙްމީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

“މެގަޒިން ފުރަތަމަ އަހަރު ކަމަށްވުމުން އަޅުގަނޑުމެންވަނީ އިތުރު ރިވައިޒްްޑް އެޑިޝަން އެއް މެއި މަހު ނެރުމަށް ނިންމާފަ، ކުރިން ބައިވެރިނުވެވުނު ފަރާތްތަކުގެ އެދުމުގެ މަތިން ހުޅުވާލެވޭ ފުރުސަތެއް މިއީ، މެގަޒިން ވަރަށް ގިނަ ތަންތަނުން ލިބެން ހުންނާނެ، އަދި މޭޖަރ ޓްރެވަލް ފެއަރ ތަކުގައިވެސް ހިލޭ ބެހޭނެ، އަޅުގަނޑުމެން ގެ ބިޒްނަސް ޕާޓްނަރުން މެދުވެރިކޮށްވެސް މި މެގަޒިން ލިބޭނެ،” އަހްމީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.