23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ހަމްޕު އާއި ބަންބުޗް އޮމާނަށް

ހަމްޒާ އާއި ސުހައިލް މިއަދު ޓީމާއެކު ހުޅުލެއަށް ފުރުމުގެ ކުރިން - ފޮޓޯ: އަހުމަދު ސުހައިލް (ބަންބުޗް)
ހަމްޒާ އާއި ސުހައިލް މިއަދު ޓީމާއެކު ހުޅުލެއަށް ފުރުމުގެ ކުރިން – ފޮޓޯ: އަހުމަދު ސުހައިލް (ބަންބުޗް)

އޮމާނުގައި ބާއްވާ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނިގެން އޭދަފުށްޓަށް އުފަން ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަހުމަދު ސުހައިލް (ބަންބުޗް)، ޓީމާއެކު އޮމާނަށް ފުރައިފި އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އޮމާނަށް ދާން ފުރީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ.

ހަމްޕު އާއި ބަންބުޗަކީ ވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެންފެށި ދެކުޅުންތެރިންނެވެ. މީގެތެރެއިން ބަންބުޗް މިއީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ހޮވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ހަމްޕު ވަނީ މިދިޔަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ކުޅެފަ އެވެ.

ކޮލިފައިން ގައި ރާއްޖެ ކުޅެންޖެހެނީ، އިރާގާއި އޮމާން އަދި ބަހްރައިންގެ އިތުރުން ލުބުނާނާއެކު، ގުރޫޕް އޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.