ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި

ފުޓުބޯޅަ ކޭމްޕުގެ ތެރެއިން - ފޮޓޯ: ފޭސްބުކް
ފުޓުބޯޅަ ކޭމްޕުގެ ތެރެއިން – ފޮޓޯ: ފޭސްބުކް

ބ. ކިހާދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށައިފި އެވެ.

އެ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ ޗުއްޓީ ފައިދާ ހުރިގޮތުގައި ހޭދަކުރުމުގެ މަގުސަދުގައި ފެށި މި ކޯޗިން ކޭމްޕްގައި އިރުޝާދު ދެއްވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަ މޫސަ) އެވެ.  ކޭމްޕްގައި ކުޑަ މޫސައާއެކު ކިހާދޫ ފުޓްބޯޅަ ޓީމުގެ ބައެއް ޒުވާން ކުޅުންތެރިން ދަރިވަރުންނަށް އެހީތެރިވެ އެވެ.

ކިހާދޫ ސްކޫލުން ބުނިގޮތުގައި އެ ސްކޫލުގެ ގްރޭޑް 1 ން 10 ގައި ކިޔަވާ ހުރިހާ ފިރިހެން ދަރިވަރުން ބައިވެރިވާ މި ކޭމްޕްގައި ފުޓްބޯލައިގެ ތެރެއިން ދަރިވަރުންނަށް އުސޫލުތަކާއި ގަވައިދުތަކަށް އިހުތިރާމު ކުރުމަށް ވަރަށްބޮޑަށް ދަސްކޮށްދެވޭނެ އެވެ. 43 ކުދިން ބައިވެރިވާ ކޭމްޕް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ކިހާދޫ ސްކޫލުން ބުނިގޮތުގައި މި ކޭމްޕަށް އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.