ފޯނު ކޯލެއް ކޮށްގެން އުރީދޫގެ ބިލްތަކަށް ފައިސާދެއްކޭ ގޮތް ހަދައިފި

އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މަރިޔަމް އަހުމަދު ދީދީ. .--ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މަރިޔަމް އަހުމަދު ދީދީ ނޫސް ކޮންފަރެންސެއްގައި. .–ފޮޓޯ: އުރީދޫ

 

ފޯނު ކޯލެއް ކޮށްގެން ބިލްތަކަށް ފައިސާ ދެއްކޭ ހިދުމަތެއް އުރިދޫން ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ “ކޯލް ޓު ޕޭ” ހިދުމަތުގައި އުރީދޫގެ ހިލޭ ގުޅޭ ނަންބަރު 999 އަށް ކޮންމެ ވަގުތަކު ގުޅާލިޔަސް ބިލް ދެއްކޭނެ ކަމަށެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އެ ނަންބަރަށް ގުޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރިޗާޖް ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ހިދުމަތް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު މޯބައިލް ބިލަށް ފައިސާ ދެއްކުމާއި ޕްރީޕެއިޑް ރިޗާޖް ކޮންމެ ތާކުން، ކޮންމެ ވަގުތެއްގައި ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫން ބުނެ އެވެ.

މިހާރުވެސް ބިލްތަކަށް ފައިސާ ދެއްކޭނެ ތަފާތު ހިދުމަތްތައް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ރާސްޓަސް ބިލް ޕޭ، އުރީދޫގެ ވެބްސައިޓް އަދި އުރީދޫގެ ހުރިހާ ފިހާރަތައް މެދުވެރިކޮށްގެން ވެސް ބިލަށް ފައިސާ ދެއްކޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވެސްގެ އިންޓަނެޓް ބޭންކިން އާއި އޭޓީއެމް މެދުވެރިކޮށް ވެސް ބިލަށް ފައިސަ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.