ދިރާގުން ސެމްސަންގް އެސް6 ގެ ޕްރީ އޯޑަރު ނަގަން ފަށައިފި

ދިރާގުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އިމްޖާދު ފޯނެއް ދައްކާލައްވަނީ.--ފޮޓޯ: ދިރާގު
ދިރާގުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އިމްޖާދު ފޯނެއް ދައްކާލައްވަނީ.–ފޮޓޯ: ދިރާގު

ސެމްސަންގްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ހައިކް މޯލްޑިވްސް މެދުވެރިކޮށް ދިރާގުން ސެމްސަންގް ގެލެކްސީ އެސް6 އަދި އެޖް ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އޮފް ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ އަންނަ މަހުގެ 10ގައި ތައާރަފްކުރާ ސެމްސަންގް ގެލެކްސީ އެސް6 އަދި ސެމްސަންގް އެޖް ގަތުމަށް މިހާރު އޯޑަރު ދެވޭނެ ކަމަށެވެ.

އަދި މި ފުރުސަތުގައި، އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި މަހަކު ވަކި ވަރެއް ދައްކާ ގޮތަށް ފޯނު ގަނެވޭނެ ކަމަށްވެސް އިމްޖާދު ވިދާޅުވި އެވެ.

ދެ އަހަރުގެ ވޮރެންޓީއާ އެކު މި ދެ ފޯނު ވިއްކާނީ އެސް ސިކްސް 13،030ރ. އަށް އަދި އެޖް 15،375ރ. އަށް ކަމަށް ދިރާގުން ބުންޏެވެ.

“މި ފޯނު ރިލީޒް ކުރުމާ ހަމައަށް ފޯނު ބައްލަވައިގަތުމަށް އޯޑަރު ކުރެވޭނެ. ފޯނު ގަތުމަށް އެއްފަހަރާ ޕޭ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ، އަޅުގަނޑުމެން މި ދެނީ މުއްދަތުތަކެއް ޕޭކުރަން. އެއީ ހަ މަސް ދުވަހާއި ނުވަ މަހާއި އަދި 12 މަސް ދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް،” އިމްޖާދު ވިދާޅުވި އެވެ.

ހަ މަހުން ފޯނަށް ފައިސާ ދައްކަން ބޭނުންނަމަ މަހެއްގެ މައްޗަށް ދައްކަންޖެހޭނީ ޖީއެސްޓީއާ ނުލައި 1650ރ. އެވެ. ނުވަ މަސްދުވަހުން ފައިސާ ދައްކަން ބޭނުންވާ މީހުންނަށް ދައްކަން ޖެހޭނީ މަހަކު 1100 ރުފިޔާ އަދި 12 މަސް ދުވަހުން ނަމަ 710 ރުފިޔާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އިމްޖާދު ފޯނެއް ދައްކާލައްވަނީ.--ފޮޓޯ: ދިރާގު
ދިރާގުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އިމްޖާދު ފޯނެއް ދައްކާލައްވަނީ.–ފޮޓޯ: ދިރާގު

ދިރާގުގެ ފޯޖީ ސުޕީރިއޯ ސަޕޯޓުކުރާ އެސް6 އަދި އެޖް ވިއްކަން ހަމަޖެހިފައި ވަނީ ދުނިޔޭގެ މާކެޓުތަކުގައި ވެސް ވިއްކާ އަގުތަކުގައި ކަމަށް ދިރާގުން ބުންޏެވެ.

އިމްޖާދު ވިދާޅުވި ގޮތުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ވަސީލަތްތަކާއެކު ހެޔޮ އަގެއްގައި ހިދުމަތް ދިނުމަށެވެ.

“މި ފޯނަށް ޕްރީ-އޯޑާ ކުރުމުގެ ބޭނުމަކީ ދުނިޔޭގައި މި ފޯން ރިލީޒް ކުރާ ދުވަހު ފޯނު ލިބިފައި އޮންނާނެތީ،” އޭނާ ވިދާޅުވި އެވެ.

އެ ފޯނަށް އޯޑަރު ކުރެވޭނީ ދިރާގުގެ ވެބްސައިޓާއި ދިރާގުގެ ކަސްޓަމާ ސާވިސްގެ ހިދުމަތް ލިބޭ ތަންތަނުން ކަމަށް އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުން މިހާރު ވަނީ ރާއްޖޭގެ 96 ޕަސެންޓަށް 3ޖީގެ ހިދުމަތް ދީފައި ކަމަށެވެ. އަދި 4ޖީ ވެސް 55 ޕަސެންޓަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.