ތަޖިކިސްތާން އަތުން ރާއްޖެއަށް ހިތްދަތި ނަތީޖާއެއް

ރޭ ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފުރަތަމަ އެގާރަ - ފޮޓޯ: އެފްއޭއްމް
ރޭ ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފުރަތަމަ އެގާރަ – ފޮޓޯ: އެފްއޭއްމް

އެކުވެރިކަމުގެ މެޗެއްގައި ރޭ ދިވެހިރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ތަޖިކިސްތާނުން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ހާފުގައި ތަޖިކިސްތާނުން ފުރަތަމަ ލަނޑު ޖެހިއިރު، އެމީހުންގެ ދެވަނަ ލަނޑު ޖަހައިފައިވަނީ ދެވަނަ ހާފުގަ އެވެ. މިމެޗުގައި ރާއްޖެއަށް ތަޖިކިސްތާނުގެ ގޯލަށް ނުރައްކާކުރާނޭ ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެފުރުސަތުތައް ވަނީ އެންމެ ރަނގަޅަށް ބޭނުންހިފޭގޮތް ނުވެފަ އެވެ.

ކުޑައްޓޭ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ތަޖިކިސްތާނާ ދެކޮޅަށް ކުޅެނީ - ފޮޓޯ: އިމޭޖަސް.އެމްވީ
ކުޑައްޓޭ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ތަޖިކިސްތާނާ ދެކޮޅަށް ކުޅެނީ – ފޮޓޯ: އިމޭޖަސް.އެމްވީ

މިމެޗަށް ނެގި ސްކޮޑުން ޖާގަ ހޯދައިފައިވާ އޭދަފުށީ ދެކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު ވަނީ ފުރަތަމަ އެގާރައިގައި ހިމުނިގެން ކުޅެފަ އެވެ. އަދި މިމެޗުގެ 86 ވަނަ މިނިޓުގައި، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އާރިފް (ބަކާ) ބަދަޔުކުރުމާއެކު، މެޗުގެ ބާކީ ބައިގައި ކެޕްޓަންކަންކުރީ ޝިފާނެވެ.

ގައުމީ ޓީމުގެ އާ ކޯޗު، ވެލިޒާ ޕޮޕޯވްގެ އިރުށާދުގެ ދަށުން ކުޅެވުނު މިމެޗުގެ ޓިކެޓު ވިއްކައިގެން ލިބުނު ފައިސާ ވަނީ ޑައުންސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހަދިޔާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.