ފަހުމެޗުގައި އޮމާން އަތުން ރާއްޖޭގެ ޒުވާން ޓީމަށް ތަފާތު ބޮޑު ބައްޔެއް

އޮމާނާއެކު ކުޅުނު ރާއްޖޭގެ ފުރަތަމަ އެގާރަ - ފޮޓޯ: އެފްއޭއްމް
އޮމާނާއެކު ކުޅުނު ރާއްޖޭގެ ފުރަތަމަ އެގާރަ – ފޮޓޯ: އެފްއޭއްމް

އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފަހު މެޗުން އޮމާން އަތުން 5-0 އިން ބަލިވެއްޖެ އެވެ.

އޮމާނުގެ ވެރިރަށް މަސްކަޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮމާނުން ތިން ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

އަހުމަދު ސުހައިލް (ބަންބުޗް) ވަނީ މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަތަމަ ފަހަރަށް މެޗެއް ފުރިހަމަ ކޮށްފަ އެވެ. އަދި މެޗުގެ އެންމެ ފަހު މިނިޓުގައިި ސުހައިލަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަށް މިމެޗުގައި ނުކުޅެވުނީ، ދެ ރީނދޫ ކާޑު ހަމަވެގެން މިމެޗަށް ސަސްޕެންޑް ވެފައި ވުމުގެ ސަބަބުންނެވެ.

ސުހައިލް އޮމާނުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލަން މަސައްކަތް ކުރަނީ - ފޮޓޯ: އެފްއޭއްމް
ސުހައިލް އޮމާނުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލަން މަސައްކަތް ކުރަނީ – ފޮޓޯ: އެފްއޭއްމް

ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް ކުޅެ ނިމުނުއިރު ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕް އޭގެ ތާވަލުގެ ފުލުގަ އެވެ. ހަތް ޕޮއިންޓާ އެކު އެއް ވަނައިގައި އޮމާން އޮތްއިރު ހަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ އިރާގެވެ. ހަަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި ބަހުރޭން އޮތްއިރު ހަތަރު ވަނައިގައި ލެބަނަން އޮތީ ތިން ޕޮއިންޓާއެކު އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ލެބަނަން އަތުން 2-1 އިން ބަލިވިއިރު ދެ ވަނަ މެޗުން ބަހުރޭން އަތުން ބަލިވީ 3-0 އިންނެވެ. އަދި ތިން ވަނަ މެޗުން އިރާގް އަތުން ބަލިވީ 7-1 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.