އުރީދޫއިން “ޑެއިލީ އަންލިމިޓެޑް 15” އެޑްއޯންސް އިތުރު ފައިދާތަކާއިއެކު ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ އިތުރު ފުރިހަމަކަމާއިއެކު ތައާރަފްކުރެވުނު ލިވްއަންލިމިޓެޑް އެޑްއޯންސް މެދުވެރިކޮށް ލިބިގެންދާނެ ގިނަގުނަ ފައިދާތަކުގެ ތެރޭގައި އަންލިމިޓެޑް ކޯލްސް އާއި ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް ލިބުން ހިމެނޭ ކަމަށެވެ. އަދި އެންމެ ހެޔޮ އަގުގައި ލޯކަލް ކޯލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މީގެ އިތުރުން ކަސްޓަމަރުންނަށް މި ޑެއިލީ އެޑްއޯން އެންމެ 15ރ. އަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އެ އުރީދުން ބުނެފައިވެ އެވެ.
އުރީދޫ ލިވްއަންލިމިޓެޑް އެޑްއޯންސް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިދޭ ފައިދާތަކުގެ ތެރޭގައި؛
މުޅި ދުވަހު އަންލިމިޓެޑު ކޯލް ކުރެވުން
ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް ކުރެވުން
އިތުރަށް ކޯލު ކުރައްވާނަމަ މިނެޓަކަށް އެންމެ 0.25ލ. އަށް
އުރީދޫން ބުނީ މި އެޑްއޯންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ލޯކަލް އެހެން ނެޓްވޯކުގެ ނަންބަރުތަކަށް މިނެޓަކަށް އެންމެ 99ލ. ގެ ރޭޓުން ގުޅޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މިއެޑްއޯންސް ފަސޭހަކަމާއިއެކު #929* އަށް ޑައިލްކޮށްގެން ނެގޭނެ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އުރީދޫ ރީޓެއިލް ފިހާރަތަކުން ލިވްއަންލިނިޓެޑް ރާސްޓަސް މެދުވެރިކޮށް ހިދުމަތް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.