މި މަހުގެ 4 ވަނަ ދުވަހު ފުރިހަމަ ހަނދުކޭތައެއް

ހަނދުކޭތައެއް ހިފާފައި: އަންނަ ހޮނިހިރު ދުވަހު ހަނދު ކޭތަ އެއް ހިފާނެ. -- ވީރު ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު
ހަނދުކޭތައެއް ހިފާފައި: އަންނަ ހޮނިހިރު ދުވަހު ހަނދު ކޭތަ އެއް ހިފާނެ. — ހަވީރު ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު

 

މި އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ފުރިހަމަ ހަނދުކޭތައެއް ހިފާނެކަމަށް އޭއެފްޕީ ނޫސް އެޖެންސީން މިއަދު ރިޕޯޓްކޮށްފި އެވެ. ނަމަވެސް އެއީ ކުޑަ ވަގުތުކޮޅަކަވެ.

ހަނދުކޭތަ ހިފަނީ އިރުގެ އަލިން ދުނިޔޭގެ ހިޔަނި ހަނދުގެ މައްޗަށް އެޅުނީމަ އެވެ.

ފަލަކީ އިލުމުވެރިން ވިދާޅުވިގޮތުގައި މި ކޭތަ ފެންނާނީ އިރުމަތީ އޭޝިޔާ، އޮސްޓްރޭލިއާ އަދި އުތުރު އެމެރިކާ އަށެވެ.

“ސްކައި އަދި ޓެލެސްކޯޕް” މަޖައްލާ އާއި ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކޭތަ “އާދަޔާ ޚިލާފަށް ކުރުވާނެ” އެވެ.

ފުރަތަމަ ހިޔަނި ފެންނަން ފަށަނީ ސިންގަޕޫރު ގަޑިން ހަވީރު 5:35 ގަ އެވެ. ފުރިހަމަ ކޭތަ ހިފަން ފަށަނީ ސިނގަޕޫރު ގަޑިން އިރާކޮޅު 7:34 ގަ އެވެ.

ޔޫއެސް ނާވަލް އޮބަޒަވޭޓްރީ އިން ބުނިގޮތުގައި އެޕްރިލް 4 ވަނަ ދުވަސް ނުވަތަ އަންނަ ހޮނިހިރު ދުވަހު ފަތިސް ވުމުގެ 12 މިނިޓް ކުރިން އުތުރު އެމެރިކާއަށް މި ހަނދުކޭތަ ފުރިހަމަ އަށް ހިފާނެ އެވެ.

މޫސުން ތަންދޭނަމަ، އޮސްޓްރޭލިއާ އަދި އޭސިއާ އަށް މި ކޭތަ މިމަހުގެ 4 ވަނަ ދުވަހު ހަވީރު ފެންނާނެ އެވެ. ހަވާއީ އަދި ނިއުޒުލޭންޑަށް ކޭތަ ފެންނާނީ ރޭގަނޑު، އުޑުގެ މަތީ ހިސާބަކުންނެވެ. އޮސްޓްރޭލިޔާ، ޖަޕާން، ޗައިނާ އަދި ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކަށްވެސް އެޕްރިލް 4 ވަނަ ދުވަހު މި ކޭތަ ފެންނާނެ އެވެ.

މި ކޭތައިގެ ވަގުތުކޮޅު ކުރުކަމުން ހަނދުގެ އުތުރު އިރުމަތީ ފަރާތް ހުންނާނީ ތަންކޮޅެއް އަލިކޮށް ކަމަށް ސްކައި އެންޑް ޓެލެސްކޯޕް މަޖައްލާއިން ބުނެ އެވެ. އެއީ އާއްމު ގޮތެއްގައި ކޭތަ ހިފާފައިވާ ހަނދުގައި ހުންނަ ފުން ރަތް ކުލައާ ހިލާފަށެވެ.

މީގެ ދެ ހަފްތާއެއްހާދުވަސް ކުރިން ދުނިޔޭގެ ބައެއް ކަންކޮޅުތަކަށް ފުރިހަމަ ހަނދުކޭތައެއް ފެނިފައިވެ އެވެ. މިމަހުގެ 4 ވަނަ ދުވަހު ހިފާ ހަނދުކޭތަ އަކީ 2014 އަދި 2015 ވަނަ އަހަރު ހިފާ ހަތަރު ފުރިހަމަ ހަނދުކޭތަ ތަކުގެ ތެރެއިން ތިނަވަނަ ކޭތަ އެވެ. އެއީ ހަ މަހުގެ ދޭތެރޭގެ ދުރުމިނެއްގަ އެވެ. އެންމެފަހުން ހަނދުކޭތައެއް ހިފާފައިވަނީ އޮކްޓޯބަރު 8 ގަ އެވެ. ދެން ހަނދުކޭތައެއް ހިފާނީ ސެޕްޓެމްބަރު 27 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.