ބިންހިއްކަން އެޗްޑީސީއާ ހަވާލުކުރި ލިސްޓުގައި އޭދަފުއްޓެއް ނެތް؟!

ބ. އޭދަފުށީ ދެކުނުފަރާތު އަތިރިމަތި: ބިންހިއްކަން އެޗްޑީސީއާ ހަވާލުކުރި ރަށްރަށުގެ ލިސްޓުގައި އޭދަފުއްޓެއް ނެތް.– އީޓީފޮޓޯ / އިނާޒު

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރު ރާއްޖޭގެ ހަ ރަށެއް ބިން ހިއްކަން ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި ލިސްޓުން އޭދަފުށި އުނިވެ، ކ. ތުލުސްދޫއަށް ފުރުސަތު ލިބިއްޖެ އެވެ.

 އޭދަފުށި ލިސްޓުން އުނިވެފައި މިވަނީ އެޗްޑީސީއާ ހަވާލުކޮށްގެން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އޭދަފުއްޓާ، ތ. ގުރައިދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ކ.ގުރައިދޫ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގް މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ހަފްތާތެރޭ ޓީވީއެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވެސް ވަނިކޮށެވެ. ބުރާސްފަތިދުވަހު އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރިއިރު އޭދަފުށި އުނިވިނަމަވެސް ކުރިން ހާމަކުރި އަނެއް ފަސްރަށް އެއްބަސްވުމުގައި ހިމެނިފައިވެ އެވެ.

 މިކަމާގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށް މިއަދު އީޓީން ކުރިމަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

 އޭދަފުށީގެ ބިންހިއްކުމުގެ މަސައްކަތް އެއްމެގާތުން ބަލަމުންދާ އެއްފަރާތްކަމުގައިވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ މިކަން މިހެންވީ މިނިސްޓްރީގެ އެތެރެއިންކަމަށާއި، އެކަން ވެގެންއުޅޭގޮތް ސާފުކުރުމަށް މިނިސްޓަރާ ފޯނުން އިއްޔެ މަޝްވަރާކުރެއްވި ކަމަށެވެ. އަދި އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ވަރަށް އަވަހަށް ބިޑަށްލާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

 “އަޅުގަނޑުވެސް ހަމަ ހައިރާންވި މިރަށް އެއްބަސްވުމުގައި ނެތީމަ. އަޅުގަނޑަށް ހީވަނީ މިއީ ސިޔާސީ ކަމެއްހެން. މިނިސްޓްރީ ތެރޭން ދިމާވި މައްސަލައެއްމީ. އިއްޔެ މިނިސްޓަރ ވިދާޅުވީ އޭދަފުށީގެ ބިންހިއްކުން މިހާރު ކުރިޔަށްގެންދަން ހަމަޖައްސާފައިއޮތީ ބިޑަށް ހުޅުވާލައިގެންނޭ. އަދި އޭޕްރީލްމަހު މަސައްކަތް ފެށޭވަރުވާނެކަމަށްވެސް ވިދާޅުވި”

 ބިންފުރި ގޯތި ދޫނުކުރާތާ 23 އަހަރުވެފައިވާ އޭދަފުށީގެ މިހާރުގެ ބޮޑުމިނަކީ 30 ހެކްޓަރުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އީޓީއަށް އެނގިފައިވާ ގޮތުގައި އޭދަފުށީގެ ފަޅުން އިތުރަށްހިއްކުމަށް ނިންމާފައިވަނީ 22 ހެކްޓަރގެ ބޮޑު ސަރަހައްދެކެވެ.

 ބިމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން އޭދަފުށީ ފަޅުހިއްކުމަށް ރައީސް ނަޝީދުގެ ސަރުކާރުން 2011 އަދި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެ މަޝްރޫއު ހިމެނުމަށް އޭރު މަޝްވަރާކޮށްފައިވެ އެވެ. އެހެންނަމަވެސް މި މަޝްރޫއު މިއަހަރުގެ ބަޖެޓްގައިވެސް ހިމެނުނީ މަޖިލިސްތެރޭގައި ބަޖެޓްކޮމެޓީން ކުރިޔަށްގެންދިޔަ މަސައްކަތުގެ ތެރެއިންނެވެ. އޭދަފުށީގެ ބިންހިއްކުމުގެ އިތުރުން ބަނދަރުގެ އިރުމަތީ އެއްގަމުތޮށި މަރާމާތުކުރުމަށްވެސް މިއަހަރު ބަޖެޓްކުރެވިފައިވެ އެވެ.

 

 

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. dhooni

    ބަލަ ހިއްކަން ވީމަ އެކަންވެސް ބޭނުންވެެގެން އެެއުޅެނީ ،،،،، މަ ހަމަ ހީހީ ހަލާކު. ހިއްކާނެ ފަޅެއްހާތަން ނެތް ރަށެއް…. ދެން ތީ ބޮޑުވަރު……

    ރައްދު
  2. Kihaadhoo ބަތްޕޮޅި

    އޭދަފުށީ ފަޅުގައި 22 ހެކްޓަރ (ހިއްކާނެތަން) އެބައޮތްތޯ؟؟؟؟
    އަދި ކޮންތާކުއޮތް ތަފާސް ހިސާބަކުންތޯ އޭދަފުށީގަި މިހާރު 30 ހެކްޓަރ ހުރިކަމަށް ދައްކަނީ؟؟؟

    ރައްދު
  3. އިބުރޭ

    ލިޔުމުގެ ދެވަނަ ޕެރެގްރާފު ވިދާޅުވެލައްވާ.. އެއޮތީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުންނޭ. އޭދަފުށީ ބިންހިއްކައިގެން ކުރެވޭނެ އެއްފަހެއް ނެތް. އެހެންވީމަ އޭދަފުށީ ބިން ނުހިއްކާ ގޮތަށް ހަމަޖެހުނީ. ބިން ހިއްކޭނީވެސް ފަޅެއް އޮވެގެން ދޯ. މިހާރު އޭދަފުށީ ފަޅުން ބާކީ އޮތް ތަންކޮޅު ހިއްކައިފިނަމަ މީހަކު އަތިރިޔަކަށް ދާނެހައިވެސް ދެން ނޯންނާނެ.

    ރައްދު
  4. saleem

    މިއީ ސަރުކާރުން ކޮއްދެންޖެހޭ ކަމެއްކަމަކަށް ނުދެކެން. އެކަން ކޮއްގެންވެސް ނުވާނެ މިވެރިކަމުގަ. މިކަން ކޮއްދެންޖެހޭނީ އެމް.ޑީ.ޕީ ވެރިކަމުގައި، ސަބަބީ މިހާތަނަށް ތިޔަ ރަށުގައި ކޮއްފައިހުރި ކަންކަމަކީ އެމް.ޑީ.ޕީން ކުރަން ވިސްނާފައި ހުރި ކަންތައްތައް.

    ރައްދު
  5. ހުސައިން ފިކުރީ

    ފަޅު ނެތް ރަށެއްގެ ބިން ހިއްކާނީ ކިހިނެއް.. ކަޑު ހިއްކަން ވެއްޖެނަމަ ވަރަސް ޚަރަދު ބޮޑުވާނެ.. އެހެންވީމާ ސަރުކާރުން މިހާރުވަނީ އެކަން ހުއްޓާލާފައި…

    ރައްދު
  6. 5min

    ސައިނޯސާރާއީ ކަހަލަ އިސްކޮޅުން ކުޑަ ހަތަރު ފަހުލަވާނުން ލިބިގެން ނޫނީ އޭދަފުއްޓަށް ކަމެއްވާކަށް ނެތް

    ރައްދު
  7. އައްޔަ

    ސަލީމު ކަލޭމެން ކަނޑާނީ ފޮނި..ކަމެއްނުވާތާ ބަޔަކު ކަމެއް ކުރިޔަވެސް ނުދޭނެ….މައްސަލައަކީ ރަށުގަވެސް މިކަހަލަ މީހުންނަށް އާ، ހޫން ކިޔަން މީހުން ތިބޭތީ!!! ބިމެއްވެސް ނުހިއްކޭނެ..ދަނޑެއްވެސް އެޅިޔަކަ ނުދޭނެ….

    ރައްދު
  8. sainosa raai

    ދެން ކިކޭ ދޯ ބުނާނީ އަޅެ؟ ބޯ ހަލާކް!!
    ފުށި ބިން މި އަހަރު ނުހިއްކައި ފީއްޔާ ސީދާ ހަރަކާތް ފަށްޓާނަން އަދި ދަނޑު ނަހަދައި ފީއްޔާވެސް!!
    ހީވަނީ ދޯ ބޮޑު ގޮނޑީގަ ތިބެވޭނޭ.. ނުތިބެވޭނޭ!!!!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.