އުރީދޫން ސެމްސަންގް ގެލެކްސީ އެންމެ ފަހުގެ ފޯނުގެ ޕްރީ އޯޑާ ނަގަން ފަށައިފި

ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. މީގެ ތެރޭގައި އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓާލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.

މި އޮފަރގެ ތެރެއިން ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2020 އެމް.ބީ ހިލޭ ޑޭޓާ މި އަހަރުގެ ނިޔަލަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވައި ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ބައްލަވައިގަތުން ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ހަމަޖެހިފައެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، މަހަކު 2020 އެމް.ބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ.

އަގު (ރފ.) ކެޕޭސިޓީ ހޭންޑްސެޓް
15,499 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 20
17,199 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 20+

 މަންތްލީ އިންސްޓޯލްމަންޓް ޕްލޭން

ކޮންމެ މަހަކު އެންމެ 1,058.33 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަވައިގެން ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަތުމުގެ ފުރުސަތު މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްލޭންގެ ދަށުންވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމަރސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ މި އާ ޑިވައިސްތަކަށް ޕްރީ އޯޑަރ ކުރެއްވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.