ތަރިތަކުން “ލަވަ ކިޔާ އަޑު” އަހަރެމެން އިންސާނުންނަށް ދުވަހަކުވެސް ނުއިވޭނެ

 Binary-stars

އަހަރެމެންގެ އިރު ފަދަ އެހެން ތަރިތައް އަބަދު ވެސް “ލަވަ ކިޔަ”އެވެ. އަބަދުވެސް ހިނގަހިނގާ ހުންނާތީ ކޮންމެ ތަރިއެއްގެ ބޭރު ފުށުގައި ވެސް ޕްލަސްމާ ފަދަ މާއްދާތައް ޖަމާވެއެވެ. އަދި މިހެންވެ އެ ތަރިއެއްގެ އެތެރޭގެ ދަމާ ބާރުގެ ސަބަބުން ވައިބްރޭޝަން ނުވަތަ ގުޑަގުޑާ ހުންނާތީ ކޮންމެ ތަރިއެއް ވެސް “ލަވަ ކިޔާ” ކަމަށް “ޕޮޕިއުލާ ސައިންސް” ވެބްސައިޓުގައި ބުނެފައިވެ އެވެ.

ސައިންސްވެރިން ވިދާޅުވާ ގޮތުގައި ތަރިތަކުގެ “ލަވަތަކުގެ” އަޑު ހުންނާނީ ގާތުން ކިރުދޭ ޖަނަވާރަކަށް އަޑުއިވޭ ރޭންޖަށް ވުރެ 6 މިލިއަން ގުނަ އިތުރު އަދަދަކަށެވެ. އަދި ސްޕޭސްއަކީ ވައި ހުންނަ ތަނަކަށް ނުވުމުން، ފަޒާގެ ތެރެއިން އަޑު ދަތުރު ނުކުރާތީ ވެސް ތަރިތަކުގެ މި “ލަވަ ކިޔުން” އެއްވެސް ފަރާތަކަށް ނުއިވޭނެއެވެ.

އިންސާނަކަށް އަޑު އިވޭނީ 20000 ހާރޓްޒްގައި ފްރިކުއެންސީ ހުންނަ އަޑުތަކެވެ. ކޯމަހާއި ވާލަކީ އެންމެ ރަނގަޅަށް އަޑު އިވޭ ޖަނަވާރުން ކަމަށް ވާއިރު އެ ތަކެއްޗަށް ވެސް އަޑު އިވެނީ އެންމެ މަތީ މިނުން 100000 ހާރޓްޒް ފްރިކުއެންސީއިންނެވެ. އެއާ ހިލާފަށް ތަރިއެއްގެ “ލަވަ ކިޔު”މުގެ ފްރިކުއެންސީ އުޅެނީ 1 ޓްރިލިއަން ހާރޓްޒްގައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.