ރަހިމުގައި ދެޖިންސުގެ ކުދިން އުފެދެނީ އެއް މިންވަރަކަށް: ދިރާސާ

1930 ވަނަ އަހަރު އެމެރިކާގެ ޕެންސިލްވޭނިއާ ހޮސްޕިޓަލުގައި ނަރުހަކު ކުޑަކުއްޖެއް އުރައިގެން – ފޮޓޯ: އޭޕީ
1930 ވަނަ އަހަރު އެމެރިކާގެ ޕެންސިލްވޭނިއާ ހޮސްޕިޓަލުގައި ނަރުހަކު ކުޑަކުއްޖެއް އުރައިގެން – ފޮޓޯ: އޭޕީ

 

ރަހިމުގައި ފިރިހެން އަދި އަންހެން ދަރިން ފާޓިލައިޒް ވަނީ އެއް އަދަދަކަށް. ކޮންމެ އަހަރަކު ވެސް ދުނިޔޭގަ އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިން ވިހާ އަދަދު ކުޑަކޮށް އިތުރެވެ.

ނަމަވެސް އާ ދިރާސާއަކުން ދެއްކި ގޮތުގައި، ރަހިމުގައި ފިރިހެން އަދި އަންހެން ކުދިން ފާޓިލައިޒް ވަނީ އެއް މިންވަރަކަށެވެ. މާނައަކީ، ރަހިމުގައި ދަރިފަނި އަދި ބިސް ފާޓިލައިޒް ވާއިރު އަންހެން ކުދިންނާއި ފިރިހެން ކުދިން އެއް އަދަދަކަށް ފާޓިލައިޒް ވާކަމެވެ.

އެކަމަކު ޕްރޮސީޑިންސް އޮފް ދަ ނޭޝަނަލް އެކެޑަމީ އޮފް ސައިންސަސް އިން ހޯމަ ދުވަހު ހާމަކުރި އާ ދިރާސާގައި، އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިން އިތުރަށް ވިހާ ސަބަބު އެނގޭކަށް ނެތެވެ.

“މިކަމާ ގުޅޭ ރަނގަޅު މައުލޫމާތެއް ނެތް. ބޮޑަށް ބެލެވެނީ ވިހެއުމުގެ ކުރިން ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން އިތުރަށް މަރުވަނީ ކަމަށް.” މިދިރާސާގައި ބައިވެރިވި ސްޓީވަން އޯރޒަކް ބުންޏެވެ.

ދުނިޔޭގަ ކޮންމެ 100 އަންހެން ކުއްޖަކަށް 105 ފިރިހެން ކުދިން ވިހައެވެ. މިކަން ފުރަތަމަ ފާހަގަ ކުރެވުނީ މީގެ 100 އަހަރު ނުވަތަ 1 ގަރުނު ކުރިންނެވެ. ބެލެވޭގޮތުގައި ޖެނެޓިކް އެތައް ސަބަބަކާހުރެ އަންހެން ކުދިން ރަހިމުގަ މަރުވާ އަދަދު އިތުރީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.