އޭލިއަނުންނާ މުއާމަލާތްކުރަން ސައިންސްވެރިން ވިސްނަވާ ގޮތް

 1

ދުނިޔެ ކަހަލަ އެހެން ބިންތައް ނުވަތަ ޕްލެނެޓްތަކުގެ ވަޒަންވެރިން ނުވަތަ އޭލިއަނުންނާ މުއާމަލާތް ކުރައްވަން ސައިންސްވެރިން ވިސްނަވާ ގޮތް ދާދި ފަހުން ވަނީ އެމެރިކަން އެސޯސިއޭޝަން ފޮ ދި އެޑްވާންސްމަންޓް އޮފް ސައިންސްގެ އަހަރީ ބައްދަލުވުމުގައި ހާމަ ކުރައްވާފައިވެ އެވެ.

ބައެއް ސައިންސްވެރިން ވިދާޅުވީ އޭލިއަނުންނަކީ އުޅޭ ބައެއްކަން ހާމަވެގެންދާނީ އެބައިމީހުންގެ ރޭޑިއޯ ސިގްނަލްތައް ޓްރެކްކޮށްގެންނެވެ. އަނެއް ބައި ސައިންސްވެރިން ވިދާޅުވީ އިންސާނުން އިސްނަގައިގެން މިފަދަ ސިގްނަލްތައް ދުނިޔެއިން ބޭރަށް ފޮނުވުމަކީ އޮތް ގޮތެވެ. ސައިސްވެރިން ވިދާޅުވީ ދުނިޔެ ހިމެނޭ ގެލެކްސީގައި އެންމެ ކައިރީގައިވާ ތަރިތަކާ ދިމާއަށް މިފަދަ ސިގްނަލްތައް ފޮނުވިދާނެ ކަމަށެވެ.

އޭލިއަނުންނާ މުއާމަލާތް ކުރުމަށް ގާއިމުކޮށްފައިވާ ސެޓީ (ސާޗް ފޮ އެކްސްޓްރާ ޓެރެސްޓެރިއަލް އިންޓެލިޖެންސް)ގެ ސައިންޓިސްޓް ޑަގްލަސް އޭ. ވަކޮޗް ވިދާޅުވީ އިންސާނުން އޭލިއަނުންނާ މުއާމަލާތް ކުރަން ބޭނުންކަން އެ ފަރާތްތަކަށް އަންގާދެވިއްޖެ ނަމަ އެ ފަރާތްތަކުން މުއާމަލާތް ކުރާނެ ކަމަށެވެ.

ސެންޓާ ފޮ ސެޓީ ރިސާޗްގެ ޑައިރެކްޓަރު ޑރ. ސެތް ޝޯސްޓަކް ވިދާޅުވި ގޮތުގައި އިންޓަނެޓުގައި ހުރި މައުލޫމާތުތައް ސްޕޭސްގެ ތެރެއަށް ފޮނުވިދާނެއެވެ. އެ ގޮތުން އިންޓަނެޓުގައި ހުރި ލިޔުންތަކާއި ފޮޓޯތަކާއި ވީޑިއޯތަކާއި އަޑުތައް ލިބުމުން އިންސާނީ މުޖުތަމައަކީ ކޮން ކަހަލަ ބައެއްކަން އޭލިއަނުންނަށް ދެނެގަނެވޭނެ ކަމަށެވެ. އެގޮތުން ރޭޑިއޯ ޓްރާންސްމިޓަރަކުން އިންޓަނެޓުގައި ހުރި ހުރިހާ މައުލޫމާތެއް ދުނިޔެއިން ބޭރު ކުރަން އެއް މަސް ދުވަހުގެ ވަގުތެއް ނަގާނެތީ ކުޑަ ދުވަސްކޮޅަކުން މިކަން ކުރެވޭނެ ގޮތަކީ ލޭޒާ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. ސެތް ޝޮސްތަކުގެ ހިޔާލު އެހެން ހުރިހާ ސައިންސްވެރިންނާ ތަފާތެވެ. އޭނާ ވިދާޅުވީ އޭލިއަނުންނާ ގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އޭނާ މިސާލު ޖެއްސެވީ ޖަންގައްޔެއްގައި ހުރެ އަޑުގަދަކޮށްފި ނަމަ ތިމާއާ ދިމާއަށް އަންނާނީ ކޮން ކަހަލަ ހަތުރުވެރި ޖަނަވާރުތަކެއްކަން ނޭނގުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.