ބިރުކެނޑިފައިވާ ދޫނިތަކެއް އިންސާނުން ފަހަނީ

635629691561015399-Wells-park-area-birds

އެމެރިކާގެ ފްލޮރިޑާގެ ޕާކެއްގައި ބިރުކެނޑިފައިވާ ދޫނިތަކެއް އެ ތަނަށް އަންނަ އިންސާނުން ދުވެފަހަން ފަށައިފިއެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި “ކޮންޓްރޯލުން ނެއްޓިފައިވާ” މި ދޫނިތައް މީހުން ފަހައި، އެ ހިސާބުގެ މަގުމަތީ ޓްރެފިކަށް ވެސް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އަސްދޫންޏާއި ގީޒް، އިބި އަދި ސީގަލް ފަދަ ފެނާދޯޅު މި ދޫނިތަކުގެ ނުރައްކާ ބޮޑުވެގެން އެ ތަކެއްޗަށް ކާން ދިނުން މަނާ ކުރާ ނޯޓިސް ބޯޑެއް ވެސް މިހާރު ވަނީ ހަރުކޮށްފައެވެ.

ފްލޮރިޑާގެ ސިޓީ މެނޭޖަރު މައިކް މެކްނީސް ވިދާޅުވީ އޭނާ ކަހަލަ ބޮޑު މީހަކަށް ވެސް މި ފަދަ ދޫނިތަކެއްގެ ހަމަލައަކުން ސަލާމަތް ވެވުނީ ކިރިޔާ ކަމަށާއި އެހެންކަމުން ކުޑަކުދިންނަށް އަދި މާ ނުރައްކާ ކަމަށެވެ.

ނަމަވެސް ލިންޑާ ސްޓޯރަރ ކިޔާ ބޭފުޅަކު ވިދާޅުވީ ހަމައެކަނި ނުރައްކަލަކީ ގީޒް ކިޔާ ބާވަތުގެ އަސްދޫނި ކަމަށާއި އެއާ ގާތް ނުވުމުން ރަނގަޅުވާނެ ކަމަށެވެ.

މި ޕާކަށް އަންނަ ދޫނިތަކުގެ އާބާދީ މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އިންސާނުން ދެކެ އެ ތަކެތި ގަންނަ ބިރު ވަނީ ކެނޑިފައި ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.