އެމެރިކާގެ އަލަބާމާ ސްޓޭޓްގައި ނޭފަތް ނެތް ކުއްޖަކު ވިހައިފިއެވެ. މާރޗް މަހުގެ 4 ވަނަ ދުވަހު ވިހޭ އެލީ ތޮމްސަންގެ ނޭފަތް ނެތްކަން ފުރަތަމަ ފާހަގަ ކުރެވުނީ އޭނާގެ މަންމައަށެވެ.
ދުނިޔޭގައި މި ފަދަ އުޅެނީ އެންމެ 40 ވަރަކަށް ކުދިން ކަމަށް ބެލެވެއެވެ. އެލީގެ މައިންބަފައިން ބުނީ އެ ދަރިފުޅު “ވަރަށް ފުރިހަމަ” ކަމަށެވެ.
އެލީ އަށް ގާތުން ކިރު ދޭއިރު ނޭވާ ލުމަށްޓަކައި ޑޮކްޓަރުން ވަނީ ޓްރެކިއޮޓޮމީ ސާޖަރީއެއް ހަދައިފައެވެ. އެއީ ކަރުގައި ނޭވާ ހޮޅީގައި ލޯވަޅެއް އަޅައި، ނޭވާ ލެވޭ ގޮތް ހެދުމެވެ.
ޑޮކްޓަރުން ވިދާޅުވީ ފުރާއުމުރަށް އެޅުމުން ކޮސްޓެމިކް ސާޖަރީ ހަދައިގެން އެލީއަށް ނޭފަތެއް “ހަދައިދޭނެ” ކަމަށެވެ.
އެލީ އަށް މިހާރު ވަނީ އޭނާގެ ބެލެނިވެރިން ފޭސްބުކް ސަފުހާއެއް ވެސް ހަދައިދީފައެވެ. އެތައް ގައުމަކުން މިހާރު ވެސް ވަނީ 65000 “ލައިކް” ކޮށްފައެވެ.