އާދަޔާ ހިލާފަށް ހިކި ކުދިން ލައްވާ މޮޑެލް ކުރުން ފްރާންސްގައި މަނާ ކުރަނީ

Isabelle-Caro

އާދަޔާ ހިލާފަށް ހިކި ކުދިން ލައްވާ މޮޑެލް ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ފްރާންސްގެ ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ނިންމައިފިއެވެ.

ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) މިންގަނޑުން 18 ހަމަ ނުވާ ކުދިން ލައްވާ މޮޑެލް ކުރާ ފަރާތްތައް 6 މަހަށް ޖަލަށް ލައި، 75000 ޔޫރޯ ނުވަތަ 82000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. އެއީ އިސްކޮޅުގައި 5.7 ފޫޓު ހުރެފައި ހަށިގަނޑުގެ ބަރުދަނުގައި 55 ކިލޯ ހަމަ ނުވާ ކުދިންނެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި މިއީ އެނޮރެކްސިއާ ނުވަތަ ހިކި ބައްޔާ ދެކޮޅަށް ފްރާންސުން އަޅާ ފިޔަވަޅެކެވެ. އިޒްރޭލުން ވެސް ވަނީ 2013 ގައި މި ފަދަ ގާނޫނެއް ފާސްކޮށްފައެވެ. ސަބަބަކީ ފެޝަން އިންޑަސްޓްރީގައި އާދަޔާ ޚިލާފަށް ހިކި މޮޑެލުން ބޭނުން ކުރުމުން ޒުވާނުންނަށް ނުބައި މެސެޖެއް ލިބި، އެތައް މިލިއަން ޒުވާނުންނެއް ހިކެން މަސައްކަތްކޮށް، ސިއްހަތަށް ގެއްލުން ލިބި، ފުރާނައަށް ނުރައްކާވާތީއެވެ.

ފްރާންސްގައި އެނޮރެކްސިއާ ޖެހިފައިވާ 40000 ވަރަކަށް މީހުން އުޅެއެވެ.

ފްރާންސްގެ ކުރީގެ ފެޝަން މޮޑެލެއް ކަމަށްވާ އުމުރުން 28 އަހަރުގެ އިސަބެލް ކެރޯ (ފޮޓޯގައި) ވަނީ 2010 ވަނަ އަހަރު މި ބައްޔާ މެދު ހޭލުންތެރިކަން އުފައްދަން ކުރި ފޮޓޯޝޫޓަކަށް ފަހު މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.