ސެމްސަންގް އެންމެ ފަހުގެ ފޯނުތައް ދިރާގުން މިރޭ ބާޒާރަށް ނެރެނީ

ދިރާގުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އިމްޖާދު ފޯނެއް ދައްކާލައްވަނީ.--ފޮޓޯ: ދިރާގު
ދިރާގުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އިމްޖާދު ފޯނެއް ދައްކާލައްވަނީ.–ފޮޓޯ: ދިރާގު

 

ސެމްސަންގް ކުންފުނިން ދުނިޔޭގެ ބާޒާރަށް މިއަދު ނެރުނު އެންމެފަހުގެ ފޯނުތައް ރާއްޖޭގެ ބާޒާރަށް މިރޭ ތައާރަފު ކުރާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިރޭ އެ ކުންފުނީގެ ހެޑް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި، ސެމްސަންގް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ ގެލެކްސީ އެސް 6 ޕްލެޓް އަދި ސެމްސްންގް ގެލެކްސީ އެސް 6 އެޖް ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރާނެ ކަމަށެވެ. މިރޭ ބާއްވާ މި ހަފުލާގައި ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދިރާގަކީ ސެމްސަންގް ގެލެކްސީ އެސް 6 ސީރީސްގެ ފޯނުތައް ބޭނުންކުރުމަށް “އޮފިޝަލް ކެރިއަ” ގެ ގޮތުގައި ސެމްސަންގުން އެންޑޯސްކޮށްފައިވާ ނެޓްވޯކެވެ.

ސެމްސަންގުގެ ރާއްޖޭގެ ނެޝަނަލް ޑިސްޓިރިބިއުޓަ ހައިކް މޯލްޑިވްސްގެ ޑިރެކްޓަރު އަނީކު ޖަލާލީ ވިދާޅުވީ ސެމްސަންގް ފޯނުތައް ރާއްޖޭގެ ބާޒާރަށް ނެރެނީ ދުނިޔޭގެ ބާޒާރަށް ނެރޭ ދުވަހު ކަމަށެވެ. އަދި އޮފިޝަލް ކެރިއަ ނެޓްވޯކުގެ ގޮތުގައި ދިރާގު ހަމަޖައްސަން ޖެހުނީ އެ ކުންފުނީގެ ނެޓްވޯކް ރަނގަޅުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

“އޮފިޝަލް ކެރިއަގެ ގޮތުގައި ދިރާގު ހަމަޖެއްސުމަށް ނިންމީ ދިރާގު ނެޓްވާކަކީ ރާއްޖޭގެ އެންމެ ފުޅައު އަދި 4ޖީގެ ހިދުމަތްވެސް އާބާދީގެ 55 ޕަސެންޓަށް ދެމުންދާ އިތުބާރުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތްދޭ ކުންފުނިކަމަށް ވާތީއެވެ. މިފޯނުތައްވެސް ވަނީ ކާމިޔާބުކަމާއި އެކީ ދިރާގު 4ޖީ ނެޓްވާކުގައި ޓެސްޓުކުރެވިފަ،” އަނީކު ވިދާޅުވި އެވެ.

ދިރާގުން ވަނީ ސެމްސަންގް ފޯނު ބާޒާރަށް ނެރުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލާ ޕްރީއޯޑަރުވެސް ނަގާފަ އެވެ. އަދި އިންސްޓޯލްމެންޓް އުސޫލުން ފޯނު ވިއްކާފައިވެ އެވެ. އަދި މިރޭ އޮންނަ ހަފުލާ ނިމުމުން ޕްރީއޯޑަރު ނެގި ފަރާތްތަކަށް ދިރާގުގައި ގާއިމްކޮށްފައިވާ ހާއްސަ ކައުންޓަރަކުން ފޯނު ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.