ހޮޓެލް ރިސޯޓުތަކުން ބޭކާރު ކުރާ ސައިބޯނި ފަގީރުންނަށް ފޯރުކޮށްދެނީ

628x471

ދުނިޔޭގެ ހޮޓެލްތަކާއި ރިސޯޓުތަކަކީ “ވޭސްޓް” ބޮޑު ނުވަތަ ތަފާތު ބާވަތްތަކުގެ އެއްޗެހި ބޭކާރު ކުރާ ބައެކެވެ. އެ ގޮތުން މި ފަދަ ތަންތަނުގައި ތިބޭ މެހެމާނުންނާއި ގެސްޓުންނާއި ފަތުރުވެރިން ކުޑަކޮށް ބޭނުން ކޮށްލުމަށް ފަހު އެއްލާލައި ނުވަތަ ދޫކޮށްލާ ސައިބޯނި ފަގީރު ގައުމުތަކުގެ ފަގީރުންނަށް ފޯރުކޮށްދިނުމަށް އެމެރިކާ މީހެއް ކަމަށްވާ ޝޯން ސައިޕްލަރ ވަނީ ފަށައިފައެވެ.

އެ ގޮތުން “ކްލީން ދަ ވޯލްޑް” (“ދުނިޔެ ސާފު ކުރޭ”) ގެ ނަން ދީފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ހަރަކާތް ގާއިމު ކުރުމަށް ފަހު ޝޯން މިހާރު ވަނީ 4000 ހޮޓަލުން ބޭކާރު ކުރާ ސައިބޯނި “ރީސައިކަލް” ނުވަތަ “އިއާދަ” ކުރުމަށް ފަހު ދުނިޔޭގެ 100 ގައުމެއްގެ ފަގީރުންނަށް ފޯރުކޮށްދޭން ފަށައިފައެވެ. ސަބަބަކީ މި ގައުމުތަކުގައި ސާފުތާހިރުކަން ނުވަތަ ހައިޖީން ނަގަހައްޓާނެ ކޮސްމެޓިކް ސާމާނުތައް އަތްފޯރާފަށުގައި ލިބުން ދަތިވެފައި، ރަނގަޅަށް އަތްދޮވުން ފަދަ އާދައިގެ ކަންތައްތަކުން މަހުރޫމުވެ، ބަލިޖެހި އަހަރަކު އެތައް ބަޔަކު އެ ގައުމުތަކުގައި މަރުވާތީއެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގަރާޖެއްގައި މީގެ 7 އަހަރު ކުރިން ޝޯން ފެށި މަސައްކަތް ފުޅާވަމުން ގޮސް މިހާރު ވަނީ ސިނާއަތަކަށް ތަރައްގީވެ، އެމެރިކާގެ އިތުރުން ހޮންގކޮންގގައި ވެސް އެ މީހުންގެ އޮޕަރޭޝަންތައް ފަށައިފައެވެ.

ކްލީން ދަ ވޯލްޑުން މި ހަފުތާގައި ވަނީ ގްލޯބަލް ސޯޕް އޯގަނައިޒޭޝަންއާ ގުޅިގެން މި ދާއިރާއިން މަސައްކަތްތައް އިތުރަށް ފުޅާ ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެ ގޮތުން ސައިބޯނި ފޯރުކޮށްދިނުމާއި ހައިޖީން ނުވަތަ ސާފުތާހިރުކަން ޕްރޮމޯޓް ކުރަން ހޭލުންތެރި ކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.