އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެޑް ހައުސް ހޯދައިފި

 ޗެމްޕިއަން ރެޑްހައުސް އުފާފާޅުކުރަނީ
ޗެމްޕިއަން ރެޑްހައުސް އުފާފާޅުކުރަނީ

 

ޕްރައިމަރީ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެޑް ހައުސް ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ރެޑް ހައުސް ޗެމްޕިއަންކަން ހޯދީ، 3-2 އިން ބްލޫ ހައުސް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ މި މުބާރާތުގެ މެޗުތައް ނިމިގެން ދިޔައިރު ދަރިވަރުންގެ ފަރާތުން ތަފާތު މޮޅު ހުނަރުތަކެއް ފެނިގެން ދިޔަ އެވެ.

ދަރިވަރުންގެ ބެލެނިވެރިންގެ ވެސް ފުރިހަމަ އެއްބާރުލުމާއެކު ނިމިގެން މިދިޔަ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު އާލީ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ރެޑްހައުސްގެ މުހައްމަދު އާލީގެ އިތުރުން ރަސްނާން މުހައްމަދު އާއި މުހައްމަދު އަލޫފު ރިފާއު އާއި ވައިލެޓް ހައުސްގެ މާއިލް އަތީކް މުހައްމަދު އާއި، ބްލޫ ހައުސްގެ ރާއިފް މުހައްމަދު ޝިޔާމު އެވެ.

މިދިޔަ ހޯމަދުވަހު ފެށި މި މުބާރާތަކީ، ޕްރައިމަރީ ގްރޭޑްތަކަށް އަމާޒުކޮށްގެން ތައުލީމީ މަރުކަޒުން ބޭއްވި މިފަދަ ފުރަތަމަ އިންޓަ ހައުސް މުބާރާތެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ހައުސް ކަމަށްވާ، ރެޑް ހައުސް އާއި ބްލޫ ހައުސްގެ އިތުރުން ވައިލެޓް ހައުސް އަދި ޔެލޯ ހައުސް ވެސް މި މުބާރާތުގައި ބައިވެރި ވެފައި ވެއެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވައިލެޓް ހައުސް އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ޕްރައިމަރީ އިންޓަހައުސް ނެޓްބޯޅަ މުބާރާތެއް ވެސް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.