ގޮއިދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ގޮއިދޫ ސްކޫލު ދަރިވަރުންނާށާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ: ޕޮލިސް
ގޮއިދޫ ސްކޫލު ދަރިވަރުންނާށާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: ޕޮލިސް

ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ބ. ގޮއިދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ގޮއިދޫ ސްކޫލުގައި ވަކިވަކިން ކުރިއަށްދިޔަ މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ގޮއިދޫ ސްކޫލުގެ ގްރޭޑް 7 ން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށާއި އެސްކޫލުގެ ހުރިހާ ގްރޭޑްތަކެއް ބެލެނިވެރިންނަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ހަނގާކުރުމާއި ބެހޭގޮތުންނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ބެހޭގޮތުންނެވެ.

ވަކިވަކިން ގޮއިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ސްކޫލު ދަރިވަރުންގެ 70 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު ގޮއިދޫ ސްކޫލުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މިސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ބ. އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.