ބުޅާ ކާލާ ބޮޑު ބޮނޑެއް އެމެރިކާ ރައްޔިތުންނަށް ބޮޑު ބިރަކަށް ވެއްޖެ

 Nile_Monitor_Lake_Manyara-300x225

ބުޅާ ފަދަ ބޮޑެތި ޖަނަވާރު ޝިކާރަ ކޮށްގެން ކައި އުޅޭ ބޮޑު ބޮނޑެއް އެމެރިކާގެ ފްލޮރިޑާގެ އާއްމުންނަށް ބޮޑު ބިރަކަށް ވެއްޖެއެވެ.

އެފްރިކާ ބައްރަށް އުފަން، ދިގު މިނުގައި 5 ފޫޓު ނުވަތަ 1.5 މީޓަރު ހުންނަ “ނައިލް މޮނިޓާ” ނަމަކަށް ކިޔާ މި ބޮނޑަކީ މީހުން އޮޅު ކޮށްގެން ގެންގުޅޭ ސޫފިތަކުގެ އިތުރުން ހުދު އިންސާނުންނަށް ވެސް އޮތް ބިރެއް ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ވިދާޅުވިއެވެ.

މިހެންވެ، ވެރިރަށް މަޔާމީގެ ކެނަލްތަކާއި ކޯރުތަކުގައި އުޅޭ މި ބޮނޑުތައް ހޯދައި ނެގުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ރީނދޫ އަދި މުށި ކުލަ ވެސް ހުންނަ، އާދައިގެ އިންސާނެއްގެ ސައިޒުގެ މި ބޮނޑަކީ އިގުއާނާއާ ވައްތަރު އެއްޗެކެވެ. އަދި ބޮކާއި މަސް ވެސް ކައެވެ.

ފްލޮރިޑާގެ “ފިޝް އެންޑް ވައިލްޑްލައިފް ސާވިސް” އިން ރައްޔިތުންނަށް އިރުޝާދު ދީފައި ވަނީ ބިރުވެރި ކަމެއް އިހުސާސް ކުރެވިއްޖެ ނަމަ، އިންސާނުންނަށް ވެސް ހަމަލަ ދީފާނެތީއެވެ.

ފްލޮރިޑާއަށް ބޭރުން އައިސްގެން ދުއްތުރާ ކުރާ ޖަނަވާރުންގެ ބާވަތްތަކުގެ ތެރޭގައި ފަންހާމަހާއި ޕައިތަން ނަމަކަށް ކިޔާ ބޮޑެތި ހަރުފަ ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.