އޭދަފުށީ ޒުވާން ޓީމަށް ސަޕޯޓްކުރުމަށް ޒުވާނުން މާލެދިއުމަށް ތައްޔާރުވަނީ

21 އަހަރުން ދަށުގެ އޭދަފުށީ ފުޓްބޯޅަ ޓީމު

 

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އަންނަ ހުކުރު ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އޭދަފުށީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗު ބެލުމަށާއި ޓީމަށް ހިތްވަރުދިނުމަށް ޒުވާނުން މާލެދިއުމަށް ތައްޔާރުވަމުން އެބަދެއެވެ.

ޓީމަށް ހިތްވަރުދިނުމަށް ކުރާ ދަތުރުގައި އޭދަފުށީ ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ. އޭދަފުށީގެ ނާލު ބޯޓް ކަމަށްވާ ނިޔާމަ ބޯޓުގައި ކުރުމަށް ހަމަޖެހިފައިވާ މިދަތުރުގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. މި ދަތުރުގައި މާލެ ފުރުން އަންނަ ބުރާސްފަތި ދުވަހުގެރޭ 11:00 ގައި އަދި އަދި މާލެއިން އެނބުރި ރަށަށް އައުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރެ އެވެ.

މި ދަތުރު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބ. އަތޮޅުހޮސްޕިޓަލުގެ ޒުވާނުންނެވެ. މި ދަތުރުތަކުގެ ޓިކެޓް ވިއްކަމުންގެންދަނީ ވައިޓްވޯލް ފިހާރައިންނެވެ. ޓިކެޓެއް އަގަކީ ދެކޮޅަށް 200ރ، އެވެ. މިދަތުރާބެހޭ އިތުރު މައުލޫމާތު 7785384، 7946284، 7858142 ނަންބަރު ފޯނުން ގުޅުއްވުމުން ލިބިވަޑައިގެންނަވާނެ އެވެ.

މާޒިއާއާ ދެކޮޅަށް ކުޅޭ މެޝުން އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ. މި މުބާރާތުގައި ގްރޭޕް ސްޓޭޖުގައި މިދިޔަ ހުކުރުދުވަހު ދިހަ މީހުންނާއެކު ކުޅޭ އޭވައިއެލްއަތުން 1-3 ން އޭދަފުށި ވަނީ މޮޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. nafiz

    އޭދަފުށި ޓީމަށް ކާމިޔާބަށް އެދެން ! ބައްސަ ތިދައްކާ މޮޅު ކުޅުމަށް ހަމަސާބަސް ތީ ގޮއިދޫގެ ހިތްވަރުގަދަ ދަރިންނަކީ . މިއަދުގެ މެޗުންވެސް ބައްސަގެ ފަރާތުް ލަޑުތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރަން

    ރައްދު
  2. iIbu

    ބައްޓޭއައް ހަމަސާބަސް………… ބައްޓޭތިގޮތުގަހުރިއްޔާ ކޮންމެވެސް ދުވަހަކުން އޭދަފުއްޓައް ކާމިޔާބުވާނެ ކޮންމެކަމެއްވެސް ކާމިޔާބުވާނީ ބުރަމަސައްކަތްކޮއްގެން ބައްޓޭ ތިކުރާމަސައްކަތައް ޤައުމީ ފެންވަރުގެ މުބާރާތަކުން ރަށަށް ރަންވަނައެއް ލިބޭނެކަމުގެ ކޮޅުމަތި ފެންނަމުންމިދަނީ ﷲ އިރާދަފުޅުން މިފަހަރުގެ މުބާރާތަކީވެސް ކާމިޔާބު މުބާރާތަކައްވުން އުންމީދަކީ……..ކޮންމެކަމެއްވެސް ކާމިޔާބުވާނީ ރަށު އެންމެންގެ އެއްބާރު ލިބިގެން…….ބައްޓޭކުރިއައް…އޭދަފުށި ކުރިއައް……ސާބަސް ބައްޓޭ ސާބަސް………………

    ރައްދު
  3. އަޙްމަދު ޖަމީލް

    ބައްޓޭ ތިޔަވަރު ކަމެއް ކުރާކަންވެސް ރަނގަޅު. ރަނގަޅު ކަމެއް ކުރަންޏާމު ވާނީ ހަމަ ރަނގަޅު ކަމަކަށް. ތިޔަ ބުނާ ލާރިގަނޑު މަޅާލީޔޭ ބުނާމީހުންވެސް ކަމެއްކޮށްދޭކަށް ނުކެރުނެއްނު. ޓީމު މޮޅުވެގެން އައިމަ ތިބޭނެ އެންމެންވެސް އުފާވެފަ. ތިޔަކަހަލަ ބޭކާރު އަނގަނުތަޅާ ރަށަށް ކަމެއްކޮށްދެވޭތޯބަލާބަލަ.

    ރައްދު
  4. އެޑަމް

    ބައްޓޭ ކޮބާތަ؟ ފައިދާ ލިބޭ ތާކުން ބޯގަޅާލާނެ….ހުރިހާ ތާކުން ސްޕޮންސަރ ހޯދާފަ ލާރިގަނޑު މަޅާލާނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.