ކައުނުގެ “އަނދިރި މާއްދާ” ގޮތް ނޭނގޭ ބާރަކާ “މުއާމަލާތް” ކުރާ މަންޒަރު ފެނިއްޖެ

އަނދިރި މާއްދާއިން ދަމާ ބާރަށް ފޯރުކުރާ ނުފޫޒުން 4 ގެލެކްސީގެ ވަށައިގެން އަލި ބަނޑި ވާ މަންޒަރު
އަނދިރި މާއްދާއިން ދަމާ ބާރަށް ފޯރުކުރާ ނުފޫޒުން 4 ގެލެކްސީގެ ވަށައިގެން އަލި ބަނޑި ވާ މަންޒަރު

 

ސައިންސްވެރިން ގަބޫލު ކުރައްވާ ގޮތުގައި މި ކައުނުގައި ހިމެނޭ “ސްޕޭސް” ނުވަތަ ފަޒާގެ ބޮޑު ބައެއް ފުރާލާފައިވަނީ “ޑާކް މެޓާ” ނުވަތަ ގޮތް ނޭނގޭ “އަނދިރި މާއްދާ”އަކުންނެވެ.

މީގެ ކުރިން ބެލެވިފައި ވަނީ ޑާކް މެޓާ “މުއާމަލާތް” ކުރަނީ ހަމައެކަނި ދަމާ ބާރު ނުވަތަ “ގްރެވިޓީ”އާ ކަމުގައެވެ. ސަބަބަކީ ގެލެކްސީތަކުން އަންނަ އަލި ބަނޑި ކޮށްލާ ނުވަތަ “ބެންޑް” ކޮށްލާތީއެވެ.

ނަމަވެސް ދާދި ފަހުން ހަބްލް ޓެލެސްކޯޕް އާއި ޔޫރަޕްގެ ދެކުނު އޮބްޒަވޭޓްރީ އަށް ފެނުނު މަންޒަރަކުން މި ގޮތް ނޭނގޭ މާއްދާ ގޮތް ނޭނގޭ އެހެން ބާރަކާ މުއާމަލާތް ކުރާކަން ސައިންސްވެރިންނަށް ވަނީ ހާމަވެ، ހައިރާންކަން ގެނުވައިފައެވެ.

ދުނިޔެއާ 1.3 ބިލިއަން އަލިއަހަރުގެ ދުރުމިނުގައި އޮތް ހިސާބެއްގައި ހަތަރު ގެލެކްސީއެއް “އެކްސިޑެންޓް”ވާ މި ހާދިސާގައި މި މާއްދާގެ “ބައިގަނޑެއް” ހުރީ އެ ތަކެތި ހުންނަން ޖެހޭ ހިސާބުގައި ނޫން ކަމުގައި ސައިންސްވެރިން ވިދާޅުވިއެވެ. އެ ގޮތުން މ މި މާއްދާތައް ހުރީ އޭގެ ގެލެކްސީއާ 5،000 އަލި އަހަރު ނުވަތަ 50،000 މިލިއަން ކިލޯމީޓަރު ދުރުގައި ކަމަށް ވެއެވެ. ޑާކް މެޓާ ހަމައެކަނި މުއާމަލާތް ކުރަނީ ގްރެވިޓީ އާ ނޫން ކަން އެނގުނީ މިހެންވެ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ.

އަލި އަހަރަކީ އަހަރެއްގެ ތެރޭގައި އައްޔަށް ދަތުރު ކުރެވޭ ދުރު މިނެވެ. އެ ގޮތުން އަލި ދަތުރު ކުރާ ސްޕީޑް ނުވަތަ ހަލުއި މިނަކީ ސިކުންތަކު 186،000 މޭލަށް ކަމަށް ވާތީ އެއް އަލި އަހަރަކީ 6 ޓްރިލިއަން މޭލުގެ ރާސްތާއެކެވެ. މާނައަކީ މި ހަތަރު ގެލެކްސީ އެކްސިޑެންޓް ވެފައިވާ ހިސާބަށް މި ދުނިޔެއިން އުޅަނދެއް ފޮނުވަން 90 މިލިއަން އަހަރު ނަގާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.