ކަށި ގޮއްވުމުން އަޑު ނުކުންނަނީ ކީއްވެކަން ހާމަވެއްޖެ

އަނދިރި މާއްދާއިން ދަމާ ބާރަށް ފޯރުކުރާ ނުފޫޒުން 4 ގެލެކްސީގެ ވަށައިގެން އަލި ބަނޑި ވާ މަންޒަރު

 

އަތުގެ އިނގިލިތަކުން ކަށި ގޮއްވުމަކީ ބައެއް ދިވެހިން ވެސް ކުރާ ކަމަށެވެ.

ކުރިން 1971 ގައި ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މި ކަން އާއްމު ގޮތެއްގައި ކުރާ ނަމަ، މީހާގެ މުސްކުޅި އުމުރުގައި ހުޅުތަކަށް މައްސަލަތަކާ ދިމާވެއެވެ.

ނަމަވެސް ކަށި ގޮއްވުމުން ކަށި ގޮވާ އަޑު އެއީ ކިހިނެތް ކޮން ގޮތަކުން ނުކުންނަ އަޑެއްކަން ހާމަވީ އިނގިރޭސި ވިލާތުގެ ފެކަލްޓީ އޮފް ރިހެބިލިޓޭޝަން އިން ދާދި ފަހުން ކުރި ދިރާސާއަކުންނެވެ.

މި ދިރާސާގައި އެމް.އާރް.އައި ސްކޭނަރަކާ މީހެއްގެ އަތް ގުޅާފައި ކަށި ގޮއްވާލުމުން، އިނގިލީގެ ދެ ބަދަ ދޭތެރޭގައި ހުސް ތަނެއްކޮޅެއް، ސިކުންތަކަށް ވުރެ ވެސް ކުޑަ އިރުކޮޅަށް އުފެދެއެވެ. މި ވީޑިއޯ އިން ފެންނަ ގޮތުން ކަށި ގޮވާ އަޑު ނުކުންނަނީ އެ ވަގުތު ހުޅު ދޭތެރޭގައި ހުންނަ ސައިނޯވިއަލް ދިޔަ ހުސްވެ، ވެކިއުމްއެއް (ވައި ނެތް ޖާގައެއް) އެ ތަނުގައި އުފެދުމުންނެވެ.

އެ ފެކަލްޓީން ބުނި ގޮތުގައި “މި ދިރާސާއަކީ މަޖަލަކަށް ކުރި ކަމެއް ނަމަވެސް މި ކަމުގެ ސަބަބުން ހުޅުގައި ރިއްސުން ފަދަ މައްސަލަތައް ހައްލު ކުރާނޭ ގޮތަށް އަލި މަގެއް ފެންނާނެ ކަމަށް އުއްމީދު ކުރެވޭ” ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.