އެމެރިކާ އަންހެނަކު އޭނާ ދުއްވަން އިން ކާރު އެކްސިޑެންޓް ވީ ކާރުގައި އިން އޭނާގެ ގުރާ އޭނާގެ ތަށިން ކޮފީ ބޯން ފެށުމުން ކަމަށް ބުނެފިއެވެ.
އަންގާރަ ދުވަހު ހަވީރު 5 ޖަހާ އެހާކަންހާއިރު މި އެކްސިޑެންޓް ހިނގީ އުމުރުން 35 އަހަރުގެ މި މީހާގެ ކޮފީ ތަށިން ގުރާ ކޮފީ ބޯން ފެށުމުން އެ ތަން ފެނިފައި އޭނާގެ ވިސްނުން އެހެން ދިމާއަކަށް ދިއުމުން ކަމަށް އަންހެން މީހާ ފުލުހުން ގާތު ބުންޏެވެ.
ކާރު ގޮސް ޖެހުނީ މަގުމަތީގައި ހުރި ދަނގަޑު ފެންސެއްގައެވެ. އަދި އަންހެން މީހާގެ އަތް ވަނީ ބިންދައިގެން ގޮސް، މޫނަށް އެތައް ގެއްލުންތަކެއް ލިބިފައެވެ.
ފުލުހުން ބުނީ ގުރައަށް އެއްވެސް ޒަހަމެއް ނުލިބޭ ކަމަށާއި އެ ގުރާ ސަލާމަތުން ކާރުން ނެރެވުނު ކަމަށެވެ. އަދި ކޮފީ ތަށި ކައިރިން ގުރައަށް ކާން ދޭ އޮށް އަޅާފައި ހުރި ތައްޓަކާއި ގުރައިގެ ހަށިގަނޑުން ފައިބާފައިވާ ފިޔަތަކެއް ފެނުނު ކަމަށެވެ.