ބޯވާގައި ހިމެނޭ 8 ފައި އެއް ފަހަރާ ބޭނުން ކުރި ނަމަވެސް، އެ ފައިތައް އެކަތި އަނެކައްޗާ ނުއޮޅި، އެ އެއްޗަށް ހިނގާބިނގާވެ އުޅެވޭ ގޮތް ސައިންސްވެރިން ހޯދައިފިއެވެ.
އިޒްރޭލްގެ ޖެރުސަލަމްގައި ހުންނަ ހިބްރޫ ޔުނިވާސިޓީން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ބޯވާގައި ކަށި ނުހުރުމާއެކު އޭތީގެ ލޯ އަލިވެފައި ސިކުނޑި ވަރަށް ތޫނުފިއްޔެވެ.
އަދި ބޯވަ ހިނގާ އުޅެނީ އެ ވަގުތަކު އޭތި ބޭނުން ކުރަން ނިންމި ދެ ފައެއް ބޭނުންކޮށް، ބޭނުންވާ މިސްރާބަށް ހަށިގަނޑު ބަހައްޓައިގެންނެވެ.
“ދެން އެހެން ދިމާއަކަށް އަނބުރާލަން ބޭނުން ވުމުން އެހެން ދެ ފައެއް ބޭނުން ކުރަނީ،” އެ ޔުނިވާސިޓީގެ ރިސާޗް ކުރާ ފަރާތެއް ކަމަށްވާ ގައި ލެވް ވިދާޅުވިއެވެ.
އެ ވަގުތަކު އެ ބޭނުން ކުރާ ދެ ފައި ނޫން ބާކީ 6 ފައި އަބަދު ވެސް ބަހައްޓަނީ އެއް ފަޔާ އަނެއް ފައި ނުއޮޅޭ ގޮތަށް ހަށިގަނޑާ ދުރުގައި ކަމަށް ދިރާސާއިން ދެއްކިއެވެ.