އެމެރިކާ ރައްޔިތުންގެ މަޖިލިސް “ފްރޯޒަން” ރިންގްޓޯނުން ސިއްސައިގެން ހިނގައްޖެ

big_thumb_3c0e9c16d847cd04ae34b3afa234e7fc

އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ސީރިއަސް ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އެ މަޖިލީހުގެ މެންބަރެއްގެ މޮބައިލް ފޯން ރިންގް ވާން ފެށީ ޑިސްނީގެ މަޝްހޫރު އެނިމޭޓެޑް ފިލްމް “ފްރޯޒަން”ގެ ލަވަ “ލެޓް އިޓް ގޯ”ގެ ރިންގްޓޯނުން ކަމަށް ވުމުން މަޖިލީސް މެންބަރުންނަށް ކުޑަ ސިހުމެއް ލިބުނު ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މަޖިލީހުގެ ބައްދަލުވުމުގެ ސީރިއަސް މޫޑު ގެއްލިގެން ދިޔައީ ސެނޭޓަރެއް ކަމަށްވާ ޕެޓް ރޮބަޓްސްގެ ފޯނުން މި ރިންގްޓޯން އިވުމުން ކަމަށް ވެއެވެ. އެ ގޮތުން އޭނާގެ ފޯން ވާން ފެށީ އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޓޮމް ވިލްސަކް އާ ވަރަށް ސީރިއަސްކޮށް ޕެޓް ސުވާލު ކުރައްވަމުން އަންނަނިކޮށެވެ. އަދި މި ކަމާ ގުޅިގެން ވިލްސަކް ވަރަށް މަސައްކަތުން ހިނިވަރުނަ ނުކުރައްވާ ހުންނެވި ކަމަށް މީޑިއާއިން ރިޕޯޓް ކުރިއެވެ.

މި ކަމާ ލަދުން ޕެޓް މަޖިލީހުގެ ބޭފުޅުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ފަހު ވިދާޅުވީ މި “މައްސަލަ” ލަވާގައި ބުނާ ފަދައިން “ލެޓް އިޓް ގޯ” ނުވަތަ “އަޅާ ނުލާ ދޫކޮށްލާ”ށެވެ!

އުމުރުން 78 އަހަރުވެފައިވާ ޕެޓް އަކީ ޑިސްނީގެ ކާޓޫނު ޝަހުސިއްޔަތެއް ކަމަށްވާ “ސްލީޕިން ބިއުޓީ” ކަހަލަ ޝަހުސިއްޔަތެއް ކަމަށް ޕެޓް އާ ވާދަވެރި ބޭފުޅަކު ފާޑު ވިދާޅުވުމުން ޕެޓް ވިދާޅުވީ އެ ރިންގްޓޯން ފޯނަށް ލީ އޭނާގެ ކާފަދަރިންގެ އެދުމުގެ މަތިން ކަމަށެވެ. ޕެޓްގެ ފަސް ކާފަދަރިން ތިބޭ ކަމަށާއި އެ ކުދިންނަށް “ފްރޯޒަން” އާއި އެ ފިލްމްގެ އެ ލަވަ ވަރަށް މަގުބޫލު ކަމަށް ޕެޓް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.