ކޮމްޕިއުޓަރަށް ބަޑި ޖެހި މީހާ ކޯޓަށް

deadcomputer

ކޮމްޕިއުޓަރު ހަލާކު ވުމުން އެ ކަމާ ރުޅި އައިސްގެން އެ ކޮމްޕިއުޓަރަށް ބަޑި ޖެހި އެމެރިކާ މީހަކު ކޯޓަށް ކިޔައިފިއެވެ.

ކޮލޮރާޑޯ ސްޓޭޓްގެ ފުލުހުން ބުނީ އުމުރުން 38 އަހަރު ފިރިހެނެއް ކަމަށްވާ ލޫކަސް ހިންޗް ވަނީ ހޯމަ ދުވަހު ހެދުނު ކުޑަ ގޯޅިގަނޑެއްގެ ތެރެއަށް އޭނާގެ ޑެލް މަރުކާގެ ކޮމްޕިއުޓަރު ގެންގޮސް ފިސްތޯލައަކުން 8 ފަހަރު އެ ކޮމްޕިއުޓަރަށް ބަޑި ޖަހާފައި ކަމަށެވެ.

lucashinch

ފުލުހުން ވަނީ އޭނާގެ އަތުން އެ ބަޑި އަތުލައިފައެވެ. ނަމަވެސް ވަޒަން އަރާފައިވާ ސީ.ޕީ.ޔޫ ވަނީ އޭނާ އަށް އަނބުރާ ދީފައެވެ. ކީބޯޑާއި މޮނީޓަރަށް އޭނާ ހަމަލަ ނުދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލޫކަސް ރުޅި އައީ އެ ކޮމްޕިއުޓަރަށް މައްސަލަތައް ދިމާވެ، އެތައް މަހެއް ވީ އިރު ވެސް ރަނގަޅު ނުވެ، އެ ކޮމްޕިއުޓަރުން މަސައްކަތް ނުކުރެވޭ ގޮތް ދިމާވެފައިވުމުން ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވެއެވެ.

ފުލުހުން ބުނީ ލޫކަސް އަށް ކޯޓަށް ކިއީ ސަހަރުގެ އިމުގެ ތެރޭގައި ބަޑި ޖެހި ކަމުގެ ކުށުގައި ކަމަށެވެ.

ފުލުހުން ބުނީ ކޯޓަށް ކިއުމުން އެ ކަމާ ލޫކަސް ހުރީ މަޖާވެފައި ކަމަށާއި ސަބަބަކީ ލޫކަސް ބުނެފައިވާ ގޮތުގައި މިއީ ކުށެއް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

ލޫކަސް އާ މެދު އަޅާނެ ގާނޫނީ ފިޔަވަޅު ނިންމަވާނީ ޣާޒީ ކަމަށް މީޑިއާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.