ފިލަން އުޅުނު ކުށްވެރިޔާ ދެ ފާރު ދޭތެރޭގައި ތާށިވެއްޖެ

ސްޓީވަން ޝުލާ
ސްޓީވަން ޝުލާ

 

ޕެރޯލް ގަވާއިދާ ހިލާފު ވެގެން ފުލުހުން ހައްޔަރު ކުރަން މަސައްކަތް ކުރި އެމެރިކާ ފިރިހެނަކު ފިލަންވެގެން އޭނާގެ ގޭގެ ދެ ފާރު ދޭތެރެއަށް ވަދެ ތާށިވެފައި ހުއްޓާ އޭގެ އެއް ދުވަސް ފަހުން ސަލާމަތް ކޮށްފިއެވެ.

ސްޓީވަން ޝުލާ ހޯމަ ދުވަހު ތާށިވެފައި ހުރި ޖާގާގައި ހުރީ 16 އިންޗީގެ ފުޅާ މިން ކަމަށް ފުލުހުން ބުންޏެވެ.

ޝުލާ ސަލާމަތް ކުރީ އަންގާރަ ދުވަހު އެ ގެ އަށް ޒިޔާރަތް ކުރި އޭނާގެ ރަހްމަތްތެރިއަކަށް އޭނާ ފެނިގެން ފުލުހުންނަށް ގުޅުމުން އިންޑިއާނާ ސްޓޭޓްގެ މޯގަން ސަހަރުގެ އަލިފާން ނިއްވާ ސިފައިން އައިހެވެ.

އެ ތަނުން ވާހަކަ ދެއްކެވި އޮފިޝަލެއް ކަމަށް ވާ މިގުއެލް އޮންގީ ވިދާޅުވީ އޭނާ މި ވަޒީފާގައި އުޅޭތާ މިވީ 30 އަހަރު ދުވަހުގެ ތެރޭގައި މި ވަރުގެ ކަމަކާ ދިމާ ނުވާ ކަމަށެވެ.

“މިއީ މޮޔައިގެ ވެސް މޮޔަ ކަމެއް. އެއް ފަހަރަށް ވުރެ އަނެއް ފަހަރު މީހުންގެ މޮޔަކަން ބޮޑު ވަމުން ދަނީ،” އޭނާ ވިދާޅުވިއެވެ.

އެ ސަހަރުގެ ފުލުހުންގެ ވެރިޔާ ކޯޕްރަލް ރަޔަން ސްވޭންކް ވިދާޅުވީ ޝުލާ ވަނީ އަންގާރަ ދުވަހު ސަލާމަތް ކުރުމަށް ފަހު ހައްޔަރު ކޮށްފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.