ތުޅާދޫ ވަށައިގެންވާ ބޮޑު މަގަށް “އަންނި މަގު” ކިޔައިފި

ތުޅާދޫ ބޮޑުމަށް ނަންކިޔުމުގެ ހަފްލާ ފޮޓޯ- ފޭސްބުކް ޗަންކުސް
ތުޅާދޫ ބޮޑުމަށް ނަންކިޔުމުގެ ހަފްލާ ފޮޓޯ- ފޭސްބުކް ޗަންކުސް

 

ބ. ތުޅާދޫގެ ވަށައިގެން އޮންނަ ބޮޑު މަގަށް “އަންނި މަގު” ގެ ނަމުން ނަންދީފި އެވެ.

ތުޅަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ނަން މަގަށް ކިޔައި މަގު ހުޅުވައިދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

ތުޅާދޫ ކައުންސިލުން ބުނި ގޮތުގައި ތުޅާދޫގެ ތާރީހުގައި އެންމެ ބޮޑު ޕްރޮޖެކްޓެއް އެ ރަށުގައި ހިންގާފައި ވަނީ ކުރީގެ ރަައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކަމުން އެކަމުގެ ރަމްޒެއްގެ ގޮތުން އެ މަގަށް އަންނި މަގުގެ ނަމުން ނަންދީފައިވަނީ ކައުންސިލަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުތަކުގެ ދަށުންނެވެ.

“ރަށްރަށުގެ މަގުތަކަށް ނަންދިނުމުގައި އާއްމުކޮށް އެބަހުރި ރަސްރަސްކަލުންގެ ނަމާއި، އެރަށްރަށަށް ހިދުމަތްކޮށްދިން ފަރާތްތަކުގެ ނަން ކިޔާފައި. މިސާލަކަށް މާލޭގައި އެ އޮންނަނީ މަޖީދީމަގާއި އަމީނީމަގާއި، ބޮޑުތަކުރުފާނު މަގު ވެސް،” ކައުންސިލު ނާއިބުރައީސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

“ތުޅަދޫގެ ބިން ހިއްކައިދެއްވި، 10،000 މީހުން އާބާދު ކުރުމަށް ހައުސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާދެއްވި،” އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.