ދިރާގުން އަންލިމިޓެޑު މޯބައިލް އިންޓަނެޓް ތައާރަފުކޮށްފި

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިރުޝާން ވާހަކަފުޅު ދައްކަވަނީ:

 

ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް އަންލިމިޓެޑް އިންޓަނެޓް ޕެކޭޖަކާއި އާ މޯބައިލް އިންޓަނެޓް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

އެ ޕެކޭޖުތައް ތައާރަފްކުރުމުގެ ގޮތުން އިއްޔެ ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރި ޕެކޭޖްތަކަކީ ކޮންމެ ކަސްޓަމަރަކު ވެސް ބޭނުންވާ ގޮތަށް އެކުލެވިފައިވާ ޕެކޭޖްތަކެއް ކަމަށާއި މިއަދު އަލަށް ތައާރަފްކުރި ޕެކޭކުތަކުގެ ތެރޭގައި ހިމެނޭ އަންލިމިޓެޑް މޯބައިލް އިންޓަނެޓް ޕެކޭޖަކީ މަހުފީގެ އިތުރުން އެއްވެސް ޗާޖަކާނުލައި އިންޓަނެޓް ބޭނުންކުރެވޭނެ ޕެކޭޖެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ދިރާގުގެ މޯބައިލް މާކެޓިން އެގްޒެކެޓިވް އަހުމަދު ރިޝާން ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރި ޕެކޭޖުތަކުގެ ތެރެއިން މޯބައިލް އަންލިމިޓެޑް ބޭނުންވާ ފަރާތްތަކަށް މަހުފީ އަށް 299ރ. އަށް އެ ޕެކޭޖުލިބޭ އިރު 1.2 ޖީބީ ބޭނުންވާ ފަރާތްތަކަށް މަހުފީއަކަށް 189ރ. ދެއްކުމުން އެ ޕެކޭޖުލިބޭނެ ކަމަށެވެ. އަދި 700 އެމްބީގެ ޕެކޭޖު ބޭނުންވާ ފަރާތްތަކުން މަހުފީ އަށް 149ރ. ދެއްކުވުމުން އެޕެކޭޖުލިބޭ އިރު 200 އެމްބީ ޕެކޭޖު ބޭނުންވާ ފަރާތްތަކުން މަހުފީއަށް 99ރ. ދެއްކުމުން އެޕެކޭޖުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޕެކޭޖު ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެޕެކޭޖަށް ބަދަލުކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މޮބައިލް އިންޓަނެޓުގެ އާ ޕެކޭޖުތައް ނަގަން ބޭނުންވާ ފަރާތްތަކުން އޭޑީޑީ ޕެކޭޖުގެ ކީވޯޑް ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކުރުމުން މި ޕެކޭޖު ނެގޭނެ ކަމަށެވެ. އަދި ޕެކޭޖް ބެލެންސް ބަލަން ބޭނުން ނަމަ 747 އަށް އެސްއެމްއެސް ކުރުމުން ބެލެންސް ބެލޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން މޯބައިލް އިތުރު ޕެކޭޖުތަކެއް ތައާރަފުކޮށްފައިވާއިރު، ކަސްޓަމަރުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.