
މިދިޔަ އަހަރުގެ ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބައިވެރިވި މާއްދާތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ނަތީޖާ އާ ގުޅޭގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ އޯ-ލެވެލް އިމްތިހާނުތަކުގެ ނަތީޖާތަކާ އަޅާބަލާއިރު މިދިޔަ އަހަރުގެ އިމްތިހާނުން އެ މަރުކަޒުގެ ކުދިން ހޯދި ނަތީޖާ ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.
އެ ސްކޫލުން ބުނީ، މިދިޔަ އަހަރު ވެސް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ސައެންސް ސްޓްރީމްގެ މާއްދާތަކުން ކަމަށެވެ. އެގޮތުން ކޮމްޕިއުޓަ ސައެންސް އިން 100 ޕަސެންޓް ފާސްވިއިރު ޕިޒިކްސް، ކެމިސްޓްރީ އަދި ބައެލޮޖީން ފާސްވި ޕަސެންޓޭޖް އުޅެނީ 93 ޕަސެންޓަށްވުރެ މަތީގައެވެ. އަދި ބިޒްނަސް އިހްތިޔާރީ މާއްދާތަކުން ވެސް ދަރިވަރުން ކުރީ އަހަރަށްވުރެ ބޮޑު ކުރިއެރުން ހޯދާފައިވާ ކަމަށް އެ ސްކޫން ބުންޏެވެ. އެއީ އެކައުންޓިން އިން 84 ޕަސެންޓް، ކޮމާސް އިން 82 ޕަސެންޓް އަދި އިކޮނޯމިކްސް އިން 65 ޕަސެންޓް އެވެ.
ރަފީއު ވިދާޅުވީ މިދިޔަ އަހަރުގެ އޯ-ލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނޭ ފެންވަރަށް އެ މަރުކަޒުގެ އެގާރަ ކުއްޖަކު ފާސްވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ މިހާތަނަށް އޯ-ލެވެލް އިންތިހާނުން އެ މަރުކަޒުގެ ގިނަ ދަރިވަރުންތަކެއް ގަދަ ދިހައެއްގައި ހިމެނުމުގެ ފުރުސަތުލިބޭ އަހަރަށް ވެގެންދާނެކަމަށްވެސް ރަފީއު ވިދާޅުވި އެވެ. 2011 ވަނަ އަހަރު އޭލެވެލް އިމްތިހާނުން ގަދަދިހައަކަށް އަރާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތް ދަރިވަރުންނެވެ.
މިދިޔަ އަހަރު ތައުލީމީ މަރުކަޒުން އޯލެވެލްގައި ބައިވެރިވެފައިވަނީ މުޅި ޖުމްލަ 73 ދަރިވަރުންނެވެ. މީގެތެރެއިން 57 ދަރިވަރަކުވަނީ ތިންމާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާތަކުން ފާސްވެފައެވެ.
ބ. ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވިދާޅުވީ ނަތީޖާ އާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާކަމަށާއި މި ނަތީޖާ އަކީ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންގެ ވަރަށް ބުރަ މަސައްކަތުން ހޯދުނު ނަތީޖާއެއް ކަމަށެވެ.
5 މާއްދާއިން ފާސްވި ކުދިންގެ އަދަދު ބުނެފައެއް ނެތް! އަޑު އިވިފައި ވާގޮތުން މިނިސްޓރީގެ ޓާގެޓްވެސް އެޗީވް ނުވޭ! ދެން ކޮބާ ވޭތުވެދިޔަ 3 އަހަރަށް ވުރެ ނަތީޖާ ރަގަޅުވެފަ؟
ދަރިވަރުންނާއި ބެލެނިވެރިން، އަދި ޓީޗަރުންނާއި މެނޭޖްމަންޓް އަށް މަރުހަބާ!!!!!!!!
ރަނގަޅު ނަތީޖާ ހޯދި ހުރިހާ ކުދިންނަށް މަރުހަބާ.
ހުރިހާ ކުދިންނާއި ބެލެނިވެރިން އަދި ސްކޫލްގެ ޓީޗަރުންނާޢި މެނޭޖްމެންޓްގެ ބުރަ މަސައްކަތުން ތިހޯދި ކާމިޔާބީއަށް ވަރަށްބޮޑަށް މަރުޙަބާ ކިޔަން………. ތިގޮތުގައި ހިފަހައްޓާލާނެކަމަށް އުއްމީދުކުރަން…
ވޭތުވެދިޔަ 5 އަހަރަށްވުރެވެސް ރަނގަޅު، 3 އަހަރެއް ނޫން ހަމަ އެކަނި