
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ މަރުކަޒުގެ ދަރިވަރަކު އޯލެވެލްގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިފި އެވެ.
ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދި ދަރިވަރަކީ އޭދަފުށީ ޑޭޒީވިލާ ޔަމާން އަހްމަދު އެވެ. ޔަމާން ވަނީ އޭނާ އޯލެވެލްގައި ބައިވެރިވި ހަ މާއްދާކަމަށްވާ އިނގިރޭސި، ހިސާބު، ފިޒިކްސް، ބަޔޮލޮޖީ، ކެމިސްޓްރީ އަދި ކޮމްޕިއުޓަ ސްޓަޑީސް އިން އޭ ސްޓާ ހޯދާފަ އެވެ. އަދި އޭނާ ވަނީ އޯ-ލެވެލް ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނޭ ފެންވަރަށް ސްކޯކޮށްފަ އެވެ.
މިދިޔަ އަހަރުގެ ކެމްބްރިޖް ޖީސީއީ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބައިވެރިވި މާއްދާތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެ ސްކޫލުންވަނީ ބުނެފަ އެވެ. އެގޮތުން ކޮމްޕިއުޓަ ސައެންސް އިން 100 ޕަސެންޓް ފާސްވިއިރު ޕިޒިކްސް، ކެމިސްޓްރީ އަދި ބައެލޮޖީން ފާސްވި ޕަސެންޓޭޖް އުޅެނީ 93 ޕަސެންޓަށްވުރެ މަތީގައެވެ. އަދި ބިޒްނަސް އިހްތިޔާރީ މާއްދާތަކުން ވެސް ދަރިވަރުން ކުރީ އަހަރަށްވުރެ ބޮޑު ކުރިއެރުން ހޯދާފައިވާ ކަމަށް އެ ސްކޫން ބުންޏެވެ. އެއީ އެކައުންޓިން އިން 84 ޕަސެންޓް، ކޮމާސް އިން 82 ޕަސެންޓް އަދި އިކޮނޯމިކްސް އިން 65 ޕަސެންޓް އެވެ.
މިދިޔަ އަހަރު ތައުލީމީ މަރުކަޒުން އޯލެވެލްގައި ބައިވެރިވެފައިވަނީ މުޅި ޖުމްލަ 73 ދަރިވަރުންނެވެ. މީގެތެރެއިން 57 ދަރިވަރަކުވަނީ ތިންމާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާތަކުން ފާސްވެފައެވެ.
މަރުހަބާ ޔަމާން
މަރުޙަބާ ޔަމާން! މަރުޙަބާ ޔަމާންގެ ޢާއިލާ! މަރުޙަބާ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓާއި ހީވާގި މުދައްރިސުން! ޔަމާން އޭ. ލެވެލްގަވެސް ތިޔަފަދަ ފުރިހަމަ ނަތީޖާ އަކަށް މަސައްކަތް ކުރާނެކަމަށް އުންމީދުކުރަން! ހިއްވަރާއެކު މަސައްކަތް ކުރާ ކުދިންނަށް ކާމިޔާބު ވާނެ! މަރުކަޒަށް މިއަހަރަށްވުރެ އަންނަ އަހަރު ކާމިޔާބު އަހަރަކަށްވުން އެދެން!
ސާބަހޭ ޔަމާން
ވަރައް އުފާވެރި ޚަބަރެއް. މަރުހަބާ ޔަމާން.
ސާބަހޭ ޔަމާން
މަރުހަބާ ސްކޫލް މެނޭޖްމެންޓް އެންޑް ޓީޗާރސް.
މަރުޙަބާ ޔަމާން………
މަރުހަބާ ޔަމާން، އާ ރެކޯރޑެއް، ވަރަށް އުފާވެއްޖެ ތީ ކޮންކުއްޖެއްކަން ނޭނގުނަސް