ޕްލޫޓޯގެ ފުރަތަމަ ކުލަ ފޮޓޯ ނާސާގެ ޖައްވީ އުޅަނދުން ފޮނުވައިފި

First-colour-image-of-Pluto-and-Charon-from-New-Horizons

އަހަރެމެންގެ ދުނިޔެ އޮންނަ ސޯލާ ސިސްޓަމްގައި އިރުގެ ވަށައިގެން އެންމެ ދުރުން “އޯބިޓް” ކުރާ ނުވަތަ ބުރު ޖަހާ ބިން ނުވަތަ “ޕްލެނެޓް” ކަމަށް ވާ ޕްލޫޓޯގެ ކުލަ ފޮޓޯއެއް އިންސާނުންނަށް ފުރަތަމަ ފަހަރަށް ލިބިއްޖެ އެވެ.

މި ސޯލާ ސިސްޓަމްގައި އޮންނަ 9 ޕްލެނެޓްގެ ތެރެއިން އިރާ އެންމެ ދުރުގައި އޮންނަ ޕްލޫޓޯގެ މި ކުލަ ފޮޓޯ ނަގާފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އެ ބިމަށް ފޮނުވި “ނިއު ހޮރައިޒަންސް” ނަމަކަށް ކިޔާ ޖައްވީ އުޅަނދަކުންނެވެ.

މި ކުލަ ފޮޓޯ ނެގީ މިދިޔަ އެޕްރިލް މަހު 9 ވަނަ ދުވަހު ޕްލޫޓޯ އާ 71 މިލިއަން މޭލު ދުރުންނެވެ. ޕްލޫޓޯ އާ ހިސާބަށް އުޅަނދު ފޯރާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ފޮޓޯއިން ޕްލޫޓޯ ކައިރީގައި ކުޑަކޮށް ފެންނަން އިނީ ޕްލޫޓޯގެ ހަނދެއް ކަމަށްވާ ޗެރޯންއެވެ.

ނިއު ހޮރައިޒަންސް އަކީ ނާސާއިން މިހާތަނަށް އުފެއްދި އެންމެ ހަލުއި ޖައްވީ އުޅަނދެވެ. ޕްލޫޓޯ ކައިރިއަށް އެ އުޅަނދަށް މި ދެވުނީ 9 އަހަރު ދުވަހު ދަތުރު ކުރުމަށް ފަހު 3 ބިލިއަން މޭލުގެ ރާސްތާއެއް ކަޑައްތު ކޮށްފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.