އަމިއްލަފުށި ބަލިކޮށް، ކިހާދު ސެމީ ފައިނަލަށް

މިއަދު ކިހާދު މޯލްޑިވްސް އާއި އަމިއްލަފުށި ބައްދަލުކުރި މެޗުގެ ތެރެއިން - އީޓީ ފޮޓޯ: ފަވާޒު އިސްމާއިލް
މިއަދު ކިހާދު މޯލްޑިވްސް އާއި އަމިއްލަފުށި ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ފަވާޒު އިސްމާއިލް

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި އަމިއްލަފުށި ބަލިކޮށް، ގުރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ކިހާދު މޯލްޑިވްސް ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.

ފުރަތަމަ ފަނަރަ މިނިޓުތެރޭގައި ކިހާދު މޯލްޑިންސް އިން ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަމިއްލަފުށިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ކިހާދު މޯލްޑިވްސް އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ، 67 ވަނަ މިނިޓުގަ އެވެ.

މި ލަނޑާ ހަމަޔަށް ކިހާދު މޯލްޑިވްސް އިން މެޗު ޑޮމިނޭޓު ކޮށްގެން ކުޅުނު ނަމަވެސް، އޭގެ ފަހުން އަމިއްލަފުށިން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށް، ގޯލު ޖަހާނޭ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 82 ވަނަ މިނިޓުގައި އަމިއްލަފުށިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް އަމިއްލަފުށިން މެޗުން ބަލިނުވެ ނިންމާލަން ކުރި ހިތްވަރު ބޭކާރުވީ، މެޗުގެ އެންމެ ފަހު މިނިޓުގައި ކިހާދު މޯލްޑިވްސް އިން ޖެހި ގޯލުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ކިހާދު މޯލްޑިވްސްގެ ފުރަތަމަ ދެލަނޑު ކާމިޔާބު ކޮށްދިން، އަހުމަދު އަހްސަނެވެ.

މާދަމާ މިމުބާރާތުގައި ކުޅެވިގެންދާނީ ގުރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރާނީ، ރޯޔަލް އައިލެންޑް ރިސޯޓާއި ދުސިތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.