ފެންފުޅިތަކަކަށް ކޮކަޓޫތަކެއް ލައިގެން ވަގުވިޔަފާރި ކުރަނިކޮށް ހައްޔަރު ކޮށްފި

284DE0EF00000578-0-image-a-23_1430765217690

މިނެރަލް ވޯޓާ ފުޅިތަކަކަށް ކޮކަޓޫތަކެއް ލައިގެން (ފޮޓޯގައި) އެ ދޫނިތައް ސްމަގްލް ކުރަނިކޮށް އިންޑޮނޭޝިއާގެ ފުލުހުން އެ މީހުން ހައްޔަރު ކޮށްފިއެވެ.

އިންޑޮނޭޝިއާގެ ސުރަބާޔާގެ ކަސްޓަމްސްއިން މި 24 ދޫނި އަތުލައިގަތީ އެ ކޮކަޓޫތައް އިންޑޮނޭޝިއާގެ އެހެން ސަރަހައްދުތަކާއި އަދި ދުނިޔޭގެ ބްލެކް މާކެޓަށް ވިއްކަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ މިއިން “ޔެލޯ ކްރެސްޓެޑް ކޮކަޓޫ”އެއްގެ އަގަކީ 988 ޑޮލަރު (15،234 ރުފިޔާ) ކަމަށާއި މިއީ ބައިނަލްއަގުވާމީ ގޮތުން ވިޔަފާރި ކުރުން މަނާ ކުރެވިފައިވާ ބާވަތެއް ކަމަށެވެ.

ބޮލުގައި ރީނދޫ ކުލައިގެ ހުޅިގަނޑެއް ލާފައި ހުންނަ މި ވައްތަރުގެ ކޮކަޓޫގެ ތެރެއިން މިހާރު ދުނިޔޭގައި ދިރިހުރީ މީގެ އެންމެ 7،000 ދޫނި ކަމަށް ވެއެވެ. އަދި މި ކޮކަޓޫ ބިސް އަޅަނީ އަހަރަކު އެއްމެ ފަހަރަކު ކަމަށާއި އެއީ ވެސް އެންމެ ދެ ބިސް ކަމަށް ވާތީ މި ކޮކަޓޫގެ އާބާދީ ނުރައްކަލަށް ހުށަހެޅިފައިވެއެވެ.

އިންޑޮނޭޝިއާގައި ގަވައިދާ ހިލާފަށް ގަސް ކެނޑުމާއި ޖަންގަލިތައް ކޮށައި ގޮވާން ހައްދާ ދަނޑުބިންތަކަށް ބަދަލު ކުރަމުން އަންނާތީ ގުރާގެ ބާވަތްތައް ދަނީ މަދުވަމުންނެވެ. މީގެ ތެރެއިން ވެސް އަހަރަކު 10،000 ގުރާގެ ބާވަތްތައް އިންޑޮނޭޝިއާގައި ވަގުވިޔަފާރީގައި ބޭނުން ކުރެއެވެ. އަދި މީގެ ތެރެއިން 40 ޕަސެންޓް ގުރާ މި ވިޔަފާރީގެ ތެރޭގައި މަރުވެއެވެ. އޭގެ މާނައަކީ މި ތަކެތި ތަންތަނަށް ގެންދިއުމުގަ އާއި އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާތީ މީގެ ތެރެއިން 400 ގުރާ ކަމަކާ ނުލާ މަރުވެގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.