މަޓާޓޯގެ ލީޑިން އީކޯ ކެއާގެ އެވޯޑް ސޮނެވާ ފުއްޓަށް ލިބިއްޖެ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ލީޑިން އިކޯ ރިސޯޓްގެ އެވޯޑް ސޮނެވާ ފުށި ރިސޯޓާ ހަވާލުކުރަނީ -- ފޮޓޯ: ސަން އޮންލައިން
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ލީޑިން އިކޯ ރިސޯޓްގެ އެވޯޑް ސޮނެވާ ފުށި ރިސޯޓާ ހަވާލުކުރަނީ — ފޮޓޯ: ސަން އޮންލައިން

 

ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ “ލީޑިން އީކޯ ކެއާ”ގެ އެވޯޑް ބ. އަތޮޅުގައި އޮންނަ ސޮނެވާފުށީ ރިސޯޓަށް ލިބިއްޖެ އެވެ.

ދުބާއީގެ ދޫސިޓްތާނީ ހޮޓަލްގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި ލީޑިން އީކޯ ކެއާ ގެ އެވޯޑް ސޮނެވާފުށީ ރިސޯޓާ ހަވާލުކޮށްދެއްވީ އެލައިޑް އިންސްއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލު އެވެ. ސޮނެވާ ފުށީގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ރިސޯޓުގެ ޗީފް ކޮމާޝަލް އޮފިސަރު ވިކްޓޯރިއާ ފޯރެސްޓް އެވެ.

2013 ވަނަ އަހަރު ވެސް އެ އެވޯޑު ލިބުނީ ސޮނެވާ ފުއްޓަށެވެ.

ރޭގެ ހަފުލާގައި 10 ކެޓަގަރީއަކުން އެވޯޑް ދިނެވެ. އޭގެ ތެރޭގައި ލީޑިން ގެސްޓްހައުސް ބައިން އެވޯޑު މާފުށީ އެރީނާ ބީޗް ގެސްޓްހައުސް އަށް ލިބުނުއިރު، ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓްގެ އެވޯޑު ލިބުނީ ކޮކޯ ކުޑަ ހިއްޗަށެވެ.

ބައްދަލުވުންތަކާއި ކޮންފަރެންސްތަކަށް ހާއްސަ ކެޓަގަރީ ކަމަށްވާ ލީޑިން މީޑިއާ އެންޑް ކޮންފަރެންސް އެވޯޑް ބަނޑޮސް އައިލެންޑް ރިސޯޓަށް ލިބުނު އިރު ލީޑިން ބައިނަލްއަގްވާމީ އެއާލައިނުގެ އެވޯޑް ހޯދީ ސްރީލަންކަން އެއާލައިނެވެ. ލީޑިން ލޯކޯސްޓް ކެރިއާގެ އެވޯޑް ލިބުނީ ފްލައި ދުބާއީއަށެވެ. ލީޑިން އެޗްއާރް މެނޭޖްމަންޓް އެވޯޑް ލިބުނީ ވިލާ ގަސްފިނޮޅު ސަން އައިލެންޑް ރިސޯޓަށެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އެވޯޑުގައި 111 ފަރާތެއް ނޮމިނޭޓް ވެފައިވާ އިރު 35 ކެޓަގަރީއަކަށް އެވޯޑް ދެ އެވެ. އެވޯޑްގެ އެންމެ ފަހު ބައި އޮންނާނީ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކޮކޯ ބޮޑު ހިތީގަ އެވެ.

 މައުލޫމާތު: ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.