އަނަންތަރާ އާއި ދުސިތު ސެމީއަށް

އަނަންތަރާއާއި ދުސިތު މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން - އީޓީ ފޮޓޯ: އިރުފާން
އަނަންތަރާއާއި ދުސިތު މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިރުފާން

ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން، ގުރޫޕް ބީގެ ދުސިއްތާނި މޯލްޑިވްސް އާއި އަނަންތަރާ ކިހަވަށް ވިލާސް ޖާގަ ހޯދައިފި އެވެ.

މިއަދު ކުޅެވުނު ގުރޫޕް ބީގެ ފަހު މެޗުގައި އަނަންތަރާއިން ވަނީ 1-0 އިން ދުސިތުގެ މައްޗަށް ކުރި ހޯދައިފައެވެ.

އަނަންތަރާގެ ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ހަސަން ސަލީމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އަނަންތަރާގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި، ޢަބްދުﷲ ޒުބައިރެވެ.

ދެވަނަ ހާފުގެ މެދުތެރެއިން، ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން ދުސިތުގެ ބައެއް ސަޕޯޓަރުން ވަނީ ހޫނުވެފައެވެ. އަދި ދެ ސަޕޯޓަރަކު، ދަނޑުގެ ވަށާފާރު މަތިން ދަނޑަށް ފުންމާލި ނަމަވެސް މުބާރާތުގެ އޮފިޝަލުންނާއި މުބާރާތުގެ ސެކިއުރިޓީންގެ މަސައްކަތުން ވަނީ، ސަޕޯޓަރުން ހަމަޔަކަށް އަޅުވައިފަ އެވެ.

މި ގުރޫޕުގެ ތިން ޓީމަށް ވެސް ވަނީ 3 ޕޮއިންޓު ލިބިފަ އެވެ. ދުސިތު މިމެޗުން ބަލިވި ނަމަވެސް، އެޓީމަށް ސެމީފައިނަލުގެ ޖާގަ ލިބެނީ ފައިދާ އެއް ގޯލާއެކު، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ފައިދާ ގޯލެއް ނެތި އަނަންތަރާ އަށް ދެވަނަ ލިބުނުއިރު، ގެއްލުނު އެއް ގޯލާއެކު ރޯޔަލް ވަނީ މުބާރާތުން ކަޓައިފަ އެވެ.

މުބާރާތުގެ ސެމީފައިނަލުގެ ދެމެޗު ކުޅެވިގެންދާނީ މިމަހުގެ 8 އަދި 9 ވަނަ ދުވަހުގެ ހަވީރެވެ. ފުރަތަމަ މެޗުގައި ކިހާދު މޯލްޑިވްސް އާއި އަނަންތަރާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ދުސިތާއި އަމިއްލަފުށްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.