ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަކުދިންގެ އީދެއް!

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ:
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ:

އަންނަ އާދީއްތަ ދުވަހަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހެވެ. ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެންމެ ބޮޑު ހަރަކާތެއް ހިންގަނީ ސްކޫލުތަކުން ކަމަށް ވާތީ، ބ. ތައުލީމީ މަރުކަޒުގެ ދަރިވަރުން މިއަދު ސްކޫލަށް ދިޔަ އިރު އެކުދިންނަށް މަރުހަބާކީ ސްކޫލުގެ ޕްރިންސިޕަލާއި ލީޑިން ޓީޗަރުންނާއި ޓީޗަރުންނެވެ. ނުލާއި ފިޔާތޮށި، ކުލައިގެ ވިދާ ކަރުދާހުން ސްކޫލުތެރެ ޒީނަތްތެރިކޮށްފައިވާއިރު މުޅި ސްކޫލުގެ މާހައުލު އިންޓަވަލު ކުރި އޮތީ ދަރިވަރުންނަށް ހުޅުވާލައިފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ:
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ:

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ގްރޭޑް ތަކުގެ ހުރިހާ ކުދިން ވެސް ތިބީ ގޯތި ތެރޭގައި އިށީނދެލައިގެންނެވެ. އެ ކުދިން ހިތް އުފާކޮށްދިނުމަށް އެކި ކުލާސްތަކުގެ ދަރިވަރުން ދިޔައީ ލަވަކިޔައި މަޖާކޮށް ދަރިވަރުންގެ އެކި ހުނަރުތައް ދައްކާލުމާއި ދަރިވަރުންގެ ޝުއޫރު ފާޅުކުރަމުންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ:
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ:

 

“ވަރަށް މަޖާ، އެންމެ މަޖާ ވީ އިއްބެ ސާ ޖާދޫގަރަކަށް ވެގެން މެޖިކު ހެދިތަން. މިއަދު ވަރަށް މަޖާ،” ޖާދޫގަރަކަށް ވެގެން ހުނަރު ދައްކަމުންދިޔަ ޓީޗަރަށް އިޝާރާތްކޮށް އެ ސްކޫލުގެ ގްރޭޑް 1 ގެ ދަރިވަރަކު ބުންޏެވެ.

“މިފަދަ ޚާއްސަ ދުވަހަކު އަޅުގަނޑުމެން ހުރިހާ ކުދިންވެސް ބޭނުންވަނީ މުޖުތަމައުގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން،” ދަރިވަރަކު އޭނާގެ ޝުއޫރު ފާޅުކުރަމުން ބުންޏެވެ.

______________________________________________________________________

ގްރޭޑް 6 އޭގެ ފިރިހެން ދަރިވަރުން ހިއްސާކުރި ޝުއޫރުތައް؛

އަޅުގަނޑުމެން ހެނދުނު ސްކޫލަށް އަންނަން ވަރަށް ބޭނުން

ސްކޫލުގެ ގޯތި ތެރޭގައި ފުޓްބޯޅަ ކުޅޭ ދަނޑެއް ހުންނަން ބޭނުން

 ގްރޭޑް 6 ގެ ކުދިންނަށް ފިޒިކަލް އެޑިޔުކޭޝަން ގަޑި ބޭނުން

 ސްކޫލުގެ ބޭންޑް ހަރަކާތް ކުރިއަށް ގެންދަން ވަރަށް މުހިއްމުކަމަށް ފެނޭ. 

މެންދުރުފަހު ސްކޫލަށް އަންނަން ޖެހޭތީ އަޅުގަނޑުމެންނަށް ވަގުތު ރާވާލަން އުނދަގޫވޭ

 ސްކޫލުގަިއ ކެންޓީނެއް ހުންނަން ބޭނުން، މެންދުރު ގަޑީގައި ކުލާސްތެރެ ވަރަށް ހޫނުގަދަ، އެހެން ކަމުން އޭސީއެއް ބޭނުން، އަންހެން ކުދިންނާ ފިރިހެން ކުދިން އެއްކޮށް ކިޔަވަން ޖެހޭތީ ވަރަށް އުނދަގޫ.

މެންދުރުފަހު ސްކޫލަށް އަންނަން ޖެހުމުން ހަވީރު ކުޅެން ނުދެވޭ

______________________________________________________________________

DSC_3513

 

އެހެން ސްކޫލުތަކުގައި އާދިއްތަ ދުވަހު ކުޑަކުދިންގެ ދުވަސް ފާހަގަކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.