21 ވަނަ އުފަން ދުވަސް ފާހަގަ ކުރީ 21 ހެޔޮ އަމަލުން

alexasexton

އެމެރިކާގެ ޓެނެސީ ސްޓޭޓްގެ އަންހެނަކު އޭނާގެ 21 ވަނަ އުފަން ދުވަސް 21 ހެޔޮ އަމަލު ކޮށްގެން ފާހަގަ ކޮށްފިއެވެ.

ބްރިސްޓަލް ހެރަލް ކޫރިއާ ނޫހުން ބުނީ އެލެކްސާ ސެކްސްޓަން އޭނާގެ އުފަން ދުވަސް މިދިޔަ މަހު 25 ވަނަ ދުވަހު ފާހަގަ ކުރީ ބްރިސްޓަލް ސަހަރުގައި ނުދަންނަ މީހުންނަށް 21 ހެޔޮ ކަންތައް ކޮށްދީގެން ކަމަށެވެ.

އެ ގޮތުން އެލެކްސާ އާއި އޭނާގެ ރަހްމަތްތެރިންތަކެއް ވަނީ ހޮސްޕިޓަލެއްގެ ވެއިޓިން ރޫމްގައި ތިބި ބަޔަކަށް ކާއެއްޗެހި ގެންގޮސްދީ، އަދި ސަހަރުގެ އަލިފާން ނިއްވާ ސިފައިންނަށް ހެދުނުގެ ނާސްތާ ދީފަ (ފޮޓޯގައި) އެވެ.

އެލެކްސާ ބުނީ އޭނާ މިހާތަނަށް އުޅުނީ ވަރަށް ބޮޑާ ކިބުރުވެރި ދިރިއުޅުމެއް ކަމަށާއި ނަމަވެސް މިހާރު ރޫހާނީ ހަޔާތެއް އިހުތިޔާރު ކޮށްފައިވާ ކަމަށެވެ. މިހެންވެ އޭނާ މިހާރު ބޭނުން ވަނީ އެހެން މީހުންނަށް ހެޔޮ ކަންތައް ކޮށްދޭން ކަމަށް އެލެކްސާ ބުންޏެވެ.

އޭނާ ބުނީ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާ މި ހިޔާރު ކުރި އާ ގޮތް ދަމަހައްޓާނެ ކަމަށާއި، މި ފަދަ މަގަކުން އޭނާގެ އުމުރުން 12 އަހަރުގެ އަންހެން ކޮއްކޮ އެބީ ވެސް ހިނގާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.