ގޯލްޑަން ބްރައުން އާއި ސިލްސިކްސް ގަރާޖު ގުޅިގެން “އުދުހޭ ޕްރޮމޯޝަނެއް” ފަށައިފި

ގޯލްޑަން ބްރައުން އަދި ސިލްވަ ސިކްސް ގަރާޖު ގުޅިގެން ހިންގާ ޕްރިމޯޝަންގެ އިސްތިހާރެއް
ގޯލްޑަން ބްރައުން އަދި ސިލްވަ ސިކްސް ގަރާޖު ގުޅިގެން ހިންގާ ޕްރިމޯޝަންގެ އިސްތިހާރެއް

ބ. އޭދަފުށީ ގޯލްޑަން ބްރައުން ކެފޭ އާއި ސިލްވަސިކްސް ގަރާޖު ގުޅިގެން “އުދުހޭ ޕްރޮމޯޝަން” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

ގޯލްޑަން ބްރައުން ކެފޭ އިން ވާހަކަ ޔާސިރު ހުސައިން ބުނިގޮތުގައިި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށެވެ.

“ގޯލްޑަން ބްރައުން އަދި ސިލްވަސިކްސް ގަރާޖުން -/50ރ އިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ،” ޔާސިރު ބުންޏެވެ.

ގޯލްޑަން ބްރައުން އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ދޫކުރާ ނަސީބު ކޫޕަން ތަކުން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ އިންޑިޔާގެ ޓްރިވެންޑްރަމަށް ދިއުމަށް ދެކޮޅު ޓިކެޓެވެ. ދެވަނަ އަށް އަންނަ ފަރާތަކަށް ކޮލްމަބޯ ގެ ދެކޮޅު ޓިކެޓް އަދި ތިންވަނަ އަށް އަންނަ ފަރާތަށް އައިލެންޑް އޭވިއޭޝަން އެއާލައިންގެ މާލެ-ދަރަވަންދޫ ދެކޮޅު ޓިކެޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.