ގޮއިދޫގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވައިފި

ގޮއިދޫގައި ބޭއްވި ވޯލީ ކޯޗިން ކޭމްޕްގެ ބައިވެރިން-- ފޮޓޯ: އަހްމަދު ނިޒާމް
ގޮއިދޫގައި ބޭއްވި ވޯލީ ކޯޗިން ކޭމްޕްގެ ބައިވެރިން– ފޮޓޯ: އަހްމަދު ނިޒާމް

 

 

ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މޯލްޑިވްސް ޕޮލިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ އެހީތެރިކަމާއެކު ބ. ގޮއިދޫގައި ސްޕޯޓްސް ޑިޕްލޮމެސީ ޕްރޮގްރާމްގެ ދަށުން ވޮލީ ކޯޗިންގ ކޭމްޕެއް ބާއްވައިފި އެވެ.

ގޮއިދޫގައި ހިންގި މި ކޭމްޕުގައި ޖުމްލަ 52 ބައިވެރިއަކު ބައިވެރިވެފައިވާއިރު މި ބައިވެރިންގެ ތެރޭގައި ހިމެނެނީ 29 އަންހެން ބައިވެރިންނާއި 23 ފިރިހެން ބައިވެރިންނެވެ.

އޭޕްރިލް 25ން މެއި 06 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ކޭމްޕުގައި ވޮލީގެ ގަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދިނުމުގެ ކުޅިވަރުގެ އަހުލާޤު ބައިވެރިންނަށް އުނގަންނައިދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ގޮއިދޫގައި ބޭއްވި ވޯލީ ކޯޗިން ކޭމްޕްގެ ތެރެއިން-- ފޮޓޯ: އަހްމަދު ނިޒާމް
ގޮއިދޫގައި ބޭއްވި ވޯލީ ކޯޗިން ކޭމްޕްގެ ތެރެއިން– ފޮޓޯ: އަހްމަދު ނިޒާމް

 

މި ކޭމްޕް ކުރިޔަށް ދިޔަ ދުވަސްތަކުގައި ގޮއިދޫ ސްކޫލްގެ ފަރާތުންނާއި ގޮއިދޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފުލުހުންނަށް ލިބިފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.