އަނަންތަރާގެ ކޯޗު ސަސްޕެންޑް ކޮށްފި

މުހައްމަދު ޒާހިދު [ބައްޓޭ]
މުހައްމަދު ޒާހިދު [ބައްޓޭ]

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަނަންތަރާ އާއި ކިހާދު މޯލްޑިވްސް ކުޅުނު މެޗުގައި އަނަންތަރާގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވާތީ، އެ މައްސަލަތައް މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ފަހު ފިޔަވަޅު އަޅައިފި އެވެ.

އަނަންތަރާ 2-0 މޮޅުވެ ފައިނަލަށް ދަތުރުކުރި މެޗުގައި އަނަންތަރާގެ ކޯޗު ބައްޓޭ ވަނީ ރެފްރީ ނަސޭހަތްތެރި ވުމުންވެސް، ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ސަބަބުން ބެންޗުންވެސް ފޮނުވާލައިފަ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ މެޗުގައި ބައްޓޭ ކުޅިވަރުގެ ރޫހާއި ހިލާފު ބަހުރުވައިން ރެފްރީ އާއި މެޗުގެ އޮފިޝަލުންނަށް މުހާތަބުކޮށްފައިވާތީ، އެކަން ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށްފަހު މުބާރާތުގެ ކުރިއަށް ފައިނަލު މެޗާއި ސީސީން ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭގޮތަށް 18 މަސްދުވަހަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. jaaaa

    ލަދު ކޮބާ؟؟ ގޯލް ދާގަނޑު ދިނީ ބައްޓޭ. ދަނޑުގައި އަޅާ ޓޭޕް ދިނީ ބައްޓޭ، ބޯލް ބޯޢީސްގެ ޖާޒީ ދިނީ ބައްޓޭ. ނުވިތާކަށް ބޯޅަ ކޮޅުވެސް ދިނީ ބައްޓޭ. މިވަރު ފެންވަރު ނެތް ބަޔަކު މިއުޅެނީ މުބާރާޓް ބާއްވާން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.