ވިދާފައި ހޮނު އެޅުމުން އަންނަ ގުގުރީގެ އަޑުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ނަގައިފި އެވެ.
ސައިންސްވެރިންގެ ޓީމަކުން ވަނީ ވިދާ ގުގުރާ ސަރަހައްދަކަށް ގޮސް، ލޯއިން ހަދާފައިވާ ނަރެއްގެ އެއްކޮޅު ބިމުގައި ހަރުކޮށްފައި، އަނެއްކޮޅު ކުޑަކުޑަ ރޮކެޓެއްގައި ހަރުކޮށް، ވިލާގަނޑަށް ފޮނުވާލައިފައެވެ.
ދެން އެ ވަގުތު އެ ލޯ ނަރަށް ހޮނު ފޭބުމާއެކު، ވަށައިގެންވާ މައިކްރޯފޯނުތަކަކުން ވަނީ ގުގުރީގެ އަޑުގެ “ރާޅުތައް” ނުވަތަ “ސައުންޑް ވޭވްސް” ރެކޯޑްކޮށް ފޮޓޯއަކަށް ބަދަލު ކޮށްފައެވެ. އެ ގޮތުން އެ ލޯ ނަރުގެ ވަށައިގެން އެކަތި އަނެކައްޗާ އެއް މީޓަރު ދުރުގައި ވަނީ 15 މައިކްރޯފޯން ބަހައްޓައިފައެވެ.
ފޮޓޯއިން އެ ފެންނަނީ އުޑާއި ބިމާ ދެމެދު ދެމިފައިވާ ލޯ ނަރުގެ ވަށައިގެން ރާޅު ބާންޏެއް އުފެދޭ މަންޒަރެވެ. އެއީ ގުގުރީގެ އަޑެވެ.