އޭދަފުށީގައި “ރައީސް ޔާމީން 2018″ގެ ނަމުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް

އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން
އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން 

 

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އަންނަ ބޮޑުއީދު ބަންދުގައި ބ. އޭދަފުށީގައި ބައިލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެ މުބާާރާތް އިންތިޒާމް ކުރާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނިގޮތުގައި “ރައީސް ޔާމީން 2018” ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/55،000ރ ހުށަހަޅާފައިވާ މި މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ދައުވަތުދެވޭ ޓީމުތަކަށެވެ.

އޭނާ ބުނީ އޭދަފުށީގެ ޓީމުތަކުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކާއި އަދި ބ. އަތޮޅުގެ ރިސޯޓްތަކަށް ވެސް މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“ދައުވަތުދީގެ ޓީމުތަކެއް ބައިވެރި ކުރަނީ ރަނގަޅު ފެންވަރުގެ މުބަރާތަކަށް ހެދުމަށްޓަކައި ފެންވަރުގެ ރަނގަޅު ޓީމުތަކެއް ބައިވެރި ކުރަން. އެގޮތުން 8 ނޫނީ 10 ޓީމު މުބާރާތުގައި ބައިވެރިކުރާނަން، ޓީމުތައް މާގިނަ ވެއްޖެނަމަ މުބާރާތް ބާއްވަން ބޭނުންވާ ފެންވަރުގައި ނުބޭއްވިދާނެ، ވަރަށް އަވަހަށް ޓީމުތަކަށް ދައުވަތުވެސް ފޮނުވާނަން،” ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ބޮޑު އީދު ބަންދުގައިވެސް އޭދަފުށީގައި ފުޓްބޯޅަ މުބާރާތް ބާއްވަމުން އަންނަ ބައްޓޭ ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސްކޮޑުގައި ރާއްޖޭގެ ފަސްޓް ޑިވިސަންގެ ކުޅުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ބައްޓޭ ބުނީ މި މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނުވަތަ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ދައުވަތު ދެއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. AYYA

    ސީސީ ޔަކަށް އޮޅުމަކުން ވެސް ދަޢުވަތެއް ނުދޭނަމޯ ބައްޓޭ ބުނީ…! އެވެސް 18 މަސްދުވަސް ވަން ދެނޯ.. ލޮލް.. 🙂

    ރައްދު
  2. hiniannani

    އޭދަފުށި ފުޓްބޯޅަ ސިޔާސީ ނުކުރުމަށް ބައްޓޭ އަށް ގޮވާލަން!! ތި މުބާރާތުގެ ނަން ބަދަލުކުރަންޖެހޭ! =އޭދަފުށި ބޯއި=

    ރައްދު
  3. AHMED NADEEM

    ބަށި މުބާރާތެއްވެސް ވަރަށް މުހިއްމު. ކަލުންނާއި އެއްވަރުގެ ޖާގައެއް ކަނބަލުންނަށްވެސް ދީ އެމީހުން ބާރުވެރި ކުރައްވާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.